ads
ވަޓްސް އެޕް
ވަޓްސްއެޕް ބޭނުންކުރާ މީހުންނަށް ޖާސޫސުކުރާކަން ފަޅާއަރައިފި
އެންޑްރޮއިޑް ފޯން ތަކުގައި ވަޓްސް އެޕް އިން ސިއްރުން މައިކް އޮންކޮށްގެން މީހުން ދައްކާ ވާހަކަ އަޑު އަހާކަން ފަޅާއަރައިފިއެވެ.

މިކަން ފަޅާއަރާފައިވަނީ، ޓްވިޓާގެ އިންޖިނިއަރެއް ކަމަށްވާ ފޯޑް ދަބިރީ އެވެ. 

އޭނާ ވަނީ ސްކްރީން ޝޮޓުތަކާއެކު އެންޑްރޮއިން ފޯނެއްގެ މައިކް ބޭނުންކޮށްގެން ވަޓްސް އެޕް އިން އަޑު އަހާކަން އޭނާގެ ޓްވިޓާގައި ހާމަކޮށްފައެވެ.

މިކަމާ ގުޅިގެން ވަޓްސްއެޕް އިން ބުނެފައިވަނީ ދަބިރީ ސަމާލުކަމަށް ގެނެސްފައިވާ މައްސަލަ ބަލަމުން އަންނަކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް ގޫގުލްގައި އެދިފައިވާނެކަމަށެވެ. 

މިއީ ގޫގުލްގެ މައްސަލައެއް ކަމަށް ވަޓްސްއެޕް އިން ބުނި ނަމަވެސް، ވަޓްސެޕް ހިންގާ "މެޓަ" ކުންފުނި ނުވަތަ ކުރީގެ ނަމުންނަމަ "ފޭސްބުކް" އިން ވަނީ މީގެ ކުރިންވެސް ގިނަބައެއްގެ ޒާތީ މައުލޫމާތު ލީކުކޮށްފައެވެ. އެމައްސަލައިގައި އެ ކުންފުނި ވަނީ  725 މިލިއަން ޑޮލަރު (11,128,750,000 ރުފިޔާ) އިން ޖޫރިމަނާވެސް ކޮށްފައެވެ. އަދި އެ ފައިސާ ފޭސްބުކް ބޭނުންކުރާ މީހުންނަށް ބެހުމަށް ވަނީ އަންގާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް