ads
އިމިގްރޭޝްން އޮފިސަރެއް ޕާސްޕޯޓްތަކެއް ބަލަނީ
މައްސަލަ ހައްލުވެ މާދަމާ ޕާސްޕޯޓް ހަދަން ފަށަނީ
ޓެކްނިކަލް މައްސަލައެއް ދިމާވެ ޕާސްޕޯޓް ހެދުން މިއަދު މެދުކަނޑާލި ނަމަވެސް މިހާރު އެމައްސަލަ ހައްލުވެފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ ޕާސްޕޯޓް ހެދުމުގެ މަސައްކަތުގައި ދިމާވި ޓެކްނިކަލް މައްސަލަ މިހާރު ހައްލުވެފައިވީ ނަމަވެސް އަލުން ހިދުމަތްދޭން ފަށާނީ މާދަމާ ކަމަށެވެ.

"ދިމާވި މައްސަލަ މިހާރުވަނީ ހައްލު ކުރެވިފައި، އާއްމު ޝެޑިއުލާއި އެއްގޮތަށް މާދަމާއިން ފެށިގެން ޕާސްޕޯޓް ހެދުމުގެ ހިދުމަތް ދޭންފަށާނެ" - އިމިގްރޭޝަން

ޓެކްނިކަލް މައްސަލައެއް ދިމާވެ މިއަދު ޕާސްޕޯޓް ހެދުން މެދުކަނޑާލިއިރު މި ދުވަސްވަރު ޕާސްޕޯޓް ހަދަން ހުށަހަޅާ މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވެފައި ވާކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އަންނަ މަހު ސްލޫލްތަކުގެ ބޮޑުބަންދު ލިބޭ އިރު، ގިނަ ބަޔަކު ރާއްޖެއިން ބޭރަށް ދާނެކަމަށް ބެލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް