ads
ޕޮޗެޓީނޯ
ޗެލްސީގެ ކޯޗު ކަމަަށް ޕޮޗެޓީނޯ
ޗެލްސީގެ ކޯޗުކަމުގެ މަގާމަށް އާޖެންޓީނާ އަށް އުފަން ކޯޗު، މައުރީސިއޯ ޕޮޗެޓީނޯ ހަމަ ޖައްސައިފިއެވެ.

ޗެލްސީގެ ކޯޗުކަމުގެ މަގާމަށް ޕޮޗެޓީނޯ ހަމަ ޖެއްސި ނަމަވެސް އަދި އެއްބަސްވުމުގައި ސޮއި ނުކުރެއެވެ. ރިޕޯޓްތައް ބުނާ ގޮތުން އުމުރުން 51 އަހަރުގެ ޕޮޗެޓީނޯ ވަރަށް އަވަހަށް އެގްރީމެންޓުގައި ސޮއިކޮށް ރަސްމީކޮށް ޗެލްސީން އެކަން ހާމަކުރާނެއެވެ. އެކަމަކު ޕޮޗެޓީނޯ ރަސްމީކޮށް ކްލަބާ ހަވާލުގެ މަސައްކަތް ފަށާނީ މި ސީޒަން ނިމުމުންނެވެ. މި ސީޒަންގެ ބާކީ އޮތް ކުޑަ ދުވަސްކޮޅު ކޯޗުކަމުގެ މަގާމުގައި ހުންނާނީ ވަގުތީ ގޮތުން މިހާރުވެސް އެމަގާމުގައި ހުރި ފްރޭންކް ލަމްޕާޑްއެވެ.

ޕޮޗެޓީނޯ ވެގެންދާނީ އަކީ ޗެލްސީ ހިންގުމާ އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ ހަވާލުވި ފަހުން، ޗެލްސީ އަށް ކޯޗުކޮށްދޭ ތިން ވަނަ ކޯޗެވެ. މި ސީޒަން ފެށިއިރު، ޗެލްސީގެ ކޯޗަކަށް ހުރި ތޯމަސް ޓުޗެލް، މިދިޔަ ސެޕްޓެމްބަރު މަހު ވަކިކުރިއިރު، ޓުޗެލްގެ ބަދަލުގައި ގެނައި، ގްރަހަމް ޕޮޓާ ވަނީ މީގެ މަހެއްހާ ދުވަސް ކުރިން މަގާމުން ވަކިކޮށްފައެވެ.  

ޕޮޗެޓީނޯ އެންމެ ފަހުން މަސައްކަތްކޮށްފައިވަނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގައެވެ. ޕީއެސްޖީގެ ކޯޗުކަމުން މިދިޔަ ސީޒަނަށް ފަހު ޕޮޗެޓީނޯ ވަކިކުރިއިރު، އޭނާ ޕީއެސްޖީ އަށް ފްރެންޗް ލީގާއި ފްރެންޗް ކަޕް ހޯދައިދީފަ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް