ads
ހަށިވިއްކާތަނެއް ބަލައިފާސްކޮށް، 2016 ވަނަ އަހަރު ހިންގި އޮޕަރޭޝަންގައި ދެ އަންހެނަކު ހައްޔަރުކޮށްގެން ގެންދަނީ-- ފޮޓޯ/ ސަން
މާލޭގައި ހަށިވިއްކާ ބޮޑު ނެޓްވޯކެއް އަތުލައިގެންފި
މާލޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ބޮޑު ނެޓްވޯކެއް ފުލުހުން އަތުލައިގެންފި އެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާއި ގުޅިގެން ހިންގީ އޮޕަރޭޝަނުގައި ޖުމްލަ 14 މީހުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

މި އޮޕަރޭޝަނުގައި މުޅިންވެސް ހައްޔަރުކޮށްފައިވަނީ ބިދޭސީން ނެވެ.

އޭގެތެރޭގައި ހިމެނެނީ ބަނބުލަދޭޝްގެ އަށް ފިރިހެނަކާއި ބަނގުލަދޭޝްގެ އަންހެނަކާއި ތައިލެންޑްގެ ހަތަރު އަންހެނުން ނެވެ.

މިމީހުން ހައްޔަރުކުރީ މާލޭގެ ހަތަރު ތަނެއް ބަލާފާސްކުރުމަށް ފަހު އެވެ. މާލޭގައި ބިދޭސީންނާއި ދިވެހި ހަށިވިއްކުން އާއްމުވެ އެކަން ފާޅުގައި އިސްތިހާރުކޮށް ކުރަމުން ގެންދާތީ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ގެންދާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.

70%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް