ads
ހަށިވިއްކުމުގެ ތުހުމަތުގައި މީގެ ކުރީން ހައްޔަރުކުރި މީހުންތަކެއް
ހަށިވިއްކަމުން ދިޔަ މީހުން އަތުލައިގަތީ ރެޑް ހޭންޑްކޮށް
ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ބަޔަކާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނުގައި ބައެއް މީހުން ރޭ ހައްޔަރުކުރީ ރެޑްހޭންޑްކޮށް ކަމަށް މައުލޫމަތު ލިބިއްޖެއެވެ.

ފުލުހުން ވަނީ މިމައްސަލާގައި ރޭ މާލޭގެ ހަތަރު ތަނެއް ބަލާފާސްކޮށް 13 މީހަކު ހައްޔަރުކޮށްފައެވެ.

މައުލޫމާތު އެނގޭ ބައެއް މީހުން ބުނީ ފުލުހުން ފާސްކުރި އެއް ތަނަކުން ހައްޔަރުކުރި މީހުން ހައްޔަރުކޮށްފައިވަނީ ރެޑްހޭންޑްކޮށް ކަމަށެވެ. އަދި އެތަނަކީ ބިދޭސީންތަކެއް އިސްވެތިބެ ހަށިވިއްކުމުގެ ވިޔަފާރިކުރާ ތަނެއްކަމަށްވެސް މައުލޫމާތު އެނގޭ ބައެއް މީހުން ބުނެއެވެ.

ފުލުހުން މިއަދު ބުނީ އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓާއި އިންޓެލިޖެންސް އަދި އިމިގްރޭޝަން ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ރޭ މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށް 13 މީހުން ހައްޔަރުކުރިއރު އޭގެތެރޭގައި ބަންގްލަދޭޝް 8 ފިރިހެނުންނާއި ބަންގްލަދޭޝް އަންހެނެއް އަދި ތައިލެންޑް 4 އަންހެނުން ހިމެނޭ ކަމަށެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނަކީ ރާވައިގެން ހިންގާ ކްރިމިނަލް ނެޓްވޯކަކާ ދެކޮޅަށް ހިންގި އޮޕަރޭޝަނެކެވެ.

ހަށިވިއްކާކަމަށް ތުހުމަތު ކުރެވޭ ބަޔަކު ރޭ ހައްޔަރުކުރި އިރު، މާލޭގައި ފާޅުގައި ސޯޝަލް މީޑިއާގެ އެކި މަންސަ ތަކުގައި، ހަށިވިއްކުން އިސްތިހާރުކުރާ މައްސަލަ މިފަހަކަށް އައިސް ވަނީ ބޮޑުވެފައެވެ.

 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް