ads
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ފުރަތަމަ ތިން މަހު މާލެއިން 2520 މައްސަލަ، ނިމުނީ 826 މައްސަލަ
މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި މާލެ ސިޓީން 2520 މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުން އާންމު ކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މާލެ ސިޓީން 2520 މައްސަލަ ހުށަހެޅި އިރު މި ކުއާޓާގައި ނިންމާފައިވަނީ 826 މައްސަލަ އެވެ. 

މިއަހަރުގެ ފުރަތަމަ ކުއާޓާގައި އައްޑޫ ސިޓީން 117 މައްސަލަ ރިޕޯޓުކޮށްފައިވާ އިރު ފުވައްމުލަކު ސިޓީން 113 މައްސަލަ އަދި ކުޅުދުއްފުށި ސިޓީން 59 މައްސަލަ ވަނީ ރިޕޯޓުކޮށްފަ އެވެ. 

މި ހަތަރު ސިޓީން ރިޕޯޓުކޮށްފައިވާ ކުށްތަކަކީ މުޅި ރާއްޖެއިން ރިޕޯޓު ކުރި ކުށްތަކުގެ 80 އިންސައްތަ އެވެ. އެހެން ރަށްރަށުން ރިޕޯޓުކޮށްފައިވަނީ 699 މައްސަލަ އެވެ. 

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ އެންމެ އުތުރުގައިވާ ތިން އަތޮޅު ކަމަށްވާ ހއ. ހދ. އަދި ށ. އަތޮޅުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި ރިޕޯޓު ކުރި މައްސަލަތަކުގެ އަދަދުވަނީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ރިޕޯޓު ކުރި އަދަދަށްވުރެ މަދުވެފަ އެވެ. ރާއްޖޭގެ އެހެން ހުރިހާ ހިސާބަކުންވެސް މިއަދަދު ވަނީ މައްޗަށް ގޮސްފަ އެވެ. 

ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން މިއަހަރުގެ ފުރަތަމަ ކުއާޓާގައި ނިންމާފައިވަނީ 1،034 މައްސަލަ އެވެ. އޭގެ ތެރެއިން މާލެ ސިޓީން ނިންމާފައިވަނީ 826 މައްސަލަ އެވެ. އައްޑޫ ސިޓީން 15 މައްސަލަ، ފުުވައްމުލަކު ސިޓީން 12 އަދި ކުޅުދުއްފުށި ސިޓީން ހަތް މައްސަލަ ވަނީ ނިންމާފަ އެވެ. އެހެން ރަށްރަށުން ނިންމާފައިވަނީ 174 މައްސަލަ އެވެ. 

މިއަހަރުގެ ފުރަތަމަ ތިން މަހު އެންމެ ގިނައިން ރިޕޯޓު ކުރި އެއް މައްސަލައަކީ ވައްކަމުގެ މައްސަލަތަކެވެ. ވައްކަމުގެ 882 މައްސަލަ ރިޕޯޓު ކޮށްފައިވާއިރު ޓްރެފިކް އެކްސިޑެންޓުގެ 539 މައްސަލަ ވަނީ ހުށަހަޅާފަ އެވެ. މަސްތުވާތަކެތީގެ 461 މައްސަލައެއްވެސް ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް