ads
ފުލުހަރު ހެވިކަލެއްގެ ސްޕީޓް ޗެކް ކުރަނީ
ތިން މަހުން 10000 އަށް ވުރެ ގިނަ ސްޓިކާ ޖަހައިފި
ޓްރެފިކް މައްސަލަތަކުގައި މި އަހަރުގެ ފުރަތަމަ ތިން މަހު 10،000 އަށްވުރެ ގިނަ ވެހިކަލުގައި ސްޓިކާ ޖަހައިފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފުރަތަމަ ތިން މަހު ޖުމުލަ 10،617 ވެހިކަލެއްގައި ސްޓިކާ ޖަހާފައިވާއިރު ތެރޭގައި ހިމެނެނީ 5093 ސައިކަލާއި 3978 ކާރާއި 853 ޕިކަޕާއި 475 ވޭނާއި 111 ޓްރެކާއި 107 ޖިޕެވެ.

މީގެއިތުރުން ގަވާއިދާ ހިލާފު ވެގެން ޓޯ ކުރި އުޅަނދުގެ އަދަދު މިދިޔަ ތިން މަސް ތެރޭ 600 އަށް ވުރެ މަތިކަމަށްވެސް ފުލުހުންގެ ތަފާސް ހިސާބުން ދައްކައެވެ. 

އެގޮތުން ފުރަތަމަ ތިން މަހު 543 ސައިކަލާއި 40 ކާރާއި އަށް ޕިކަޕާއި ހަތް ވޭނާއި 13 ބައިސިކަލު އަދި ތިން ބެޓެރީ ސައިކަލު ޓޯ ކޮށްފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުން ދައްކައެވެ.

ފުތަރަމަ ތިން މަހު 539 މަގުމަތީގެ އެކްސިޑެންޓް ހިނގާފައިވާއިރު އެކްސިޑެންޓް ތަކުގައި 77 މީހަކަށް އަނިޔާވިކަމަށްވެސް ފުލުހުންގެ ތަފާސްހިސާބު ރިޕޯޓުން ދައްކައެވެ.

ފުރަތަމަ ތިން މަހު ހިނގި 539 އެކްސިޑެންޓްތަކުގެ ތެރެއިން 516 އެކްސިޑެންޓް ހިނގާފައިވަނީ މާލޭ ސަރަހައްދުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް