ads
ލިލީ އޭނަގެ އަނގޮޓިތައް ދައްކާލަނީ
ސްޕާއަކުން ލިލީގެ އަނގޮޓިތައް ވަގަށް ނެގި މައްސަލަ ހޫނުވެއްޖެ
އެމެރިކަން ބްރިޓިސް އެކްޓްރެސް ލިލީ ކޮލިންސްގެ އަގުބޮޑު އަނގޮޓިތަކެއް ހޮލީވުޑް އެޑިޝަން ހޮޓަލެއްގެ ސްޕާއަކުން ވަގަށް ނެގި މައްސަލަ ހޫނުވެއްޖެއެވެ.

ލިލީއާ ހަވާލާދީ ފުލުހުން ބުނެފައިވަނީ އޭނާގެ އަގޮނޓިތައް ވަގަށް ނަގާފައިވަނީ ހޮޓަލުގެ ސްޕާއަށް ވަންނަމުން އެނަތުގެ ލޮކަރަކަށް ލާފައި ހުއްޓާކަމަށެވެ.

އަނގޮޓިތަކުގެ ތެރޭގައި އޭނާގެ އެންގޭޖްމަންޓް އަނގޮޓިއާއި ވެޑިން އަނގޮޓި ވެސް ހިމެނެއެވެ. މީގެ އިތުރުންވެސް އަގުބޮޑު ބައެއް ގަހަނާއާއި އެހެން ސާމާނުވެސް ވަގަށް ވަނީ ގެންގޮސްފައެވެ.

ލިލީގެ ފިރިމީހާ ޗާލީ މެކްޑޮވެލްއާ 2020 ވަނަ އަހަރު އެންގޭޖް ވުމަށްފަހު 2021 ގައި ވަނީ ކައިވެނިކޮށްފައެވެ.

ލިލީގެ ގަހަނާތައް ވަގަށް ނެގި މައްސަލަ ހޫނުވީ އެ ގަހަނާތައް ބަހައްޓާފައިހުރި ލޮކަރު ހަލާކުކޮށްލުމެއް ނެތި އެތަކެތި ނަގާފައި ވުމުންނެވެ. އެހެން ކަމުން އެތަކެތި ނެގީ އެތަނުގެ މުވައްޒަފެއްކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ.

ފުލުހުން ބުނީ ވީޑިއޯ ފްޓޭޖްތައް ބަލައި ވަގުކަލޭގެ ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް