ads
ސ. ހުޅުދޫ، އިރަމާގެ، ހުސައިން ޒައިދާން އަލީ، 23،
މަކަރާއި ހީލަތުގެ މައްސަލައިގައި 9 ވަނަފަހަރަށް ހައްޔަރަށް!
މަކަރާއި ހީލަތުގެ މައްސަލައިގައި ތަކުރާރުކޮށް ހައްޔަރު ކުރަމުން އަންނަމީހަކު، ހައްޔަރުން ދޫކޮށްލުމާއެކު އަނެއްކާވެސް އެފަދަ މައްސަލައެއްގައި ހައްޔަރު ކޮށްފިއެވެ.

އޭނާ މިފަހަރު ހައްޔަރު ކޮށްފައިވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ކޯޓުން ޝަރުތުކޮށްފައި ދޫކޮށްލުމުން އަނެއްކާވެސް އެފަދަ މައްސަލައެއްގައެވެ.

މަކަރާއި ހީލަތް ހެދުމާއި ފޯޖަރީ އާއި މަނީ ލޯންޑަރިން އަދި ކައުންޓަފީޓްގެ ތުހުމަތުގަ ސ. ހުޅުދޫ، އިރަމާގެ، ހުސައިން ޒައިދާން އަލީ، 23، ހައްޔަރު ކޮށްފައިވާއިރު ސައްހަ ނޫން ޑޮލަރު ބޭނުންކޮށްގެން ވިޔަފާރިކުރި ކަމުގެ ތުހުމަތު ވެސް އޭނާއަށް ކުރެވެ އެވެ.

2022 ން ފެށިގެން އޭނާ ވަނީ 9 ފަހަރު ހައްޔަރަށް ގެންގޮސްފައެވެ.

 ކްރިމިނަލް ކޯޓުން އިއްޔެ އޭނާގެ ބަންދަށް 30 ދުވަސް ވަނީ އިތުރުކޮށްފައިވަނީ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް ހެއްކާއި ސީސީޓީވީ ފުޓޭޖާއި ވިކްޓިމްގެ ބަޔާން ހުށަހަޅާފައި ވަތީއެވެ.

އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މި ބާވަތުގެ އިތުރު ހަތް މައްސަލައެއްގެ ތަހުގީގު ކުރިއަށްދާއިރު،  އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މި ބާވަތުގެ ދެ މައްސަލައެއް ޝަރީއަތަށް ހުށަހެޅި މައްސަލަ ކޯޓުގައި ހިނގަމުންވެސް އެބަދެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް