ads
އިންޑިއާގެ ބައެއް ސަރަހައްދުތަކަށޤ ހޫނު ގަދަވެ ސްކޫލްތައް ވަނީ ބަންދުކޮށްފައި
އިންޑިއާ: ބައެއްސަރަހައްދުތައް ހޫނު ގަދަވެ ސްކޫލްތައް ބަންދު ކޮށްފި
އިންޑިއާގެ ހުޅަނގު އުތުރުގެ ބައެއް ސަރަހައްދުތަކުގެ ހޫނުމިން އާދީއްތަ ދުވަހު 45 ޑިގްރީ ސެލްސިއަސްއަށް އަރައި ބައެއް ސަރަހައްދު ތަކުގެ ސްކޫލްތައް ބަންދު ކޮށްފިއެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ހަރިޔާނާ، ޗަންދީގަރް، ދިއްލީ، ވެސްޓް ޔޫޕީ ފަދަ ސަރަހައްދުތަކަށް ހޫނު ގަދަވާނެ ކަމުގެ އިންޒާރު ދީފައެވެ. ހުޅަނގު ރާޖަސްތާން،  ޖަރްކާންޑް، މަދްޔަ ޕްރަދޭޝް އަދި ގަންގޭޓިކް ވެސްޓް ބެންގާލްގައި ވެސް ހޫނު ގަދަވާނެ ކަމަށް އެގައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެ އެވެ.

އަދި ކުރިއަށް އޮތް 3 ދުވަހުގެ ތެރޭގައި އިންޑިއާގެ ހުޅަނގު އުތުރުގައި ފިނިހޫނުމިން އިތުރު 2-3 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ މިންވަރަކަށް އުފުލިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. 

މީގެ އިތުރުން އިންޑިއާގެ އެހެން ހިސާބުތަކުގައި ހޫނުމިނަށް މާބޮޑު ބަދަލެއް ނާންނާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

ނަމަވެސް އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ، މެއި މަހުގެ 24 ވަނަ ދުވަހުން ފެށިގެން ހޫނުމިން 3-5 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ މިންވަރަކަށް ދަށަށް ދާނެ ކަމަށެވެ. މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ތިން ދުވަހާއި ހަތަރު ދުވަހާ ދެމެދުގެ މުއްދަތަކަށް މޫސުން ގޯސްވާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް