ads
މޭރީ ގްރޭސް ޕިނޭޑާ އޭނާގެ ފިރިމީހާއާއިއެކު-
ލަމްހާއާ މާވިންގެ ގުޅުން ސިޔާސީ ވެދާނެ ކަމަށް ފުލުހަކު ބުނި: ހެކިވެރިއެއް
އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދަނިކޮށް މަރާލެވިފައިވާ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ ފިރިމީހާ މާވިންއާ، އެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ހަލީމަތު ލަމްހާ ގުޅުން ސިޔާސީ ވެދާނެ ކަމުގެ އިންޒާރެއް ފުލުހަކު ކުރިން ދީފައިވާކަމަށް އެ މައްސަލައިގެ ހެކިވެރިޔަކު ކޯޓުގައި ބުނެފިއެވެ.
Advertisement

މާވިންއާ ލަމްހާގެ ގުޅުން ސިޔާސީ ކަމަކަށް ވެދާނެ ކަމަށް ބުނެ ކޯޓުގައި މިއަދު ހެކިބަސްދިނީ މޭރީގެ މަރުގެ މައްސަލާގެ ޝަރީއަތުގައި، މޭރީއާ އެކު މަސައްކަތްކުރި އޭނާގެ ގާތް އެކުވެރިއައެކެވެ. އެއީ އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ދިވެހި ނަރުހެކެވެ.

ކޯޓުގައި އޭނާ ބުނިގޮތުގައި މޭރީއާ އެކު މަސައްކަތް ކުރުމުގެ އިތުރުން އޭނާއަކީ މޭރީގެ ގާތް ރަހުމަތްތެރިއެކެވެ. މޭރީގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ގިނަ ކަންކަމުގެ ވާހަކަތައް މޭރީ އޭނާއާ ހިއްސާކުރި ކަމަށް ހެކިބަސްދެމުން އޭނާ ބުންޏެވެ. 

ދިވެހި މި ނަރުސް ކިޔައިދިން ގޮތުގައި މާވިން އާއި ލަމްހާއާ ދެމެދު ގުޅުމެއް އޮތްކަން މޭރީއަށް އެނގުނީ މާވިންގެ ފޯނު ބެލުމުންނެވެ. ދެ މީހުން ދައްކާފައިވާ ވާހަކަތަކުގެ ފޮޓޯތަކެއް ވެސް މޭރީ އޭނާއަށް ދެއްކި ކަމަށް ހެކިވެރިޔާ ބުންޏެވެ.

މޭރީ މަރާލި ކަމުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު އެކަމުގައި ބައިވެރިވި ކަމަށް ބުނެ މާވިންގެ ލޯބިވެރިޔާ އަދި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރެ އެވެ. 

ހެކިބަސް ދިން ނަރުސް ކިޔައިދިން ގޮތުގައި މޭރީއާ ދެކޮޅަށް ލަމްހާގެ ފަރާތުން ފުލުހަށް މައްސަލައެއް ހުށަހެޅުމުން އެ މައްސަލައާ ގުޅިގެން ކަމަށް ބުނެ ކެފޭއެއްގައި ފުލުހަކު މޭރީއާ ވަކިން ބައްދަލުކުރި އެވެ. ލަމްހާގެ އާއިލާ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގުޅުން އޮންނާތީ އެކަން ސިޔާސީ ވެދާނެ ކަމަށް އެ ފުލުސް މީހާ މޭރީ ގާތު ބުނި ކަމަށް ނަރުސް ކިޔައިދިނެވެ.

ފުލުސް މީހާއާ އެކު ބޭއްވި ބައްދަލުވުމަށްފަހު މާވިން އާއި މޭރީގެ ގުޅުން ރަނގަޅުވެ، އަނެއްކާވެސް ރަނގަޅަށް އުޅެން ފެށި ކަމަށް މޭރީ ބުނި ކަމަށްވެއެވެ.

އެ މައްސަލާގެ އިތުރު އަޑުއެހުމެއް މާދަމާ ވެސް ބާއްވާނެ ކަމަށް ޝަރީއަތުން އިއުލާން ކުރިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް