އައްޒަ މިޔަރުތަކާއެކު ވީޑިއޯ ނެގީ ކޮންތާކުކަމެއް ހާމައެއް ނުކުރެއެވެ. ނަމަވެސް، އޭނާ ގިނަ އަދަދެއްގެ މިޔަރުތަކާއެކު ފަތާ، ވީޑިއޯއެއް ވަނީ އިންސްޓަގްރާމަށް އަޕްލޯޑުކޮށްފައެވެ.
ކޮމެންޓު ކުރި ގިނަ މީހުން ވަނީ އައްޒައަށް ތައުރީފުކޮށްފައެވެ. ގިނަބަޔަކު އަންނަނީ އައްޒަގެ ބިރުކުޑަކަމާއި، ވީޑިއޯގެ ރީތިކަމަށް ތައުރީފުކުރަމުންނެވެ.
ރާއްޖޭގައި މިޔަރުތަކާއެކު ފެތުމަށް ދުނިޔޭގެ ގިނަބަޔަކު ޝައުގުވެރިވެއެވެ. ނަމަވެސް ދާފި ފަހުން ރާއްޖެއައި އިޓަލީ ފަތުރުވެެރިއެއްގެ ގައިގައި މިޔަރެއް ދަތްއަޅައިގެން ވަރަށް ބޮޑަށް އެ މައްސަލަ ދުނިޔޭގެ މީޑިއާގެ ސަމާލުކަމަށް އައެެވެ.
މިޔަރަކީ އިންސާނުންނަށް އެއްވެސް ނުރައްކަލެއް އޮތް އެއްޗެއް ނޫނެވެ. ނަމަވެސް މިޔަރަށް ކާންދީ ހެދުމުން އެ ސޮރުމެން ބައެއް ފަހަރު އިންސާނުންގެ ގައިގައި ދަތްއަޅާ ހަދައެވެ.