ads
އިންޑިއާ ކަނޑު މަތީގައި އުފެދިފައިވާ ކޮޅިގަނޑު: --
ކޮޅިގަނޑު ރާއްޖެއަށް އަރާފާނެކަމުގެ އިންޒާރު!
އިންޑިއާ ކަނޑު މަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެއާ ދިމާލަށް ދަތުރުކުރަމުން އަންނަކަމަށް އިންޑިއާގެ މޫސުމާބެހޭ ގައުމީ އިދާއާއި ހަވާލާދީ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފިއެވެ.

މިގޮތުން ކޮށްފައިވާ ރިޕޯޓެއްގައި ވާގޮތުން ހުޅަނގު ދެކުނު މޫސުމުގެ މޫސުމީ ޑިޕްރެޝަންއެއް އަންޑަމަން އަދި ނިކޮބާ އައިލެންޑްސް އަށް ވަނީ އަރާފައެވެ. މިއީ ކުރިއަށް އޮތް ދުވަސްތަކުގައި އިންޑިއާގެ ކެރެލާއަށް މި ކޮޅިގަނޑުއެރުމުގެ ނިޝާނެކެވެ.

"މާނައަކީ އިންޑިއާގެ އައްސޭރިފަށުގައި އޮންނަ ރާއްޖެއަށް އަށް ކުރިއަށް އޮތް ހަފްތާތަކުގައި ވިއްސާރަ އިތުރުވާނެ ކަމަށް ލަފާކުރެވޭ،"

މޫސުން ގޯސްވުމުގެ  ބޯކޮށް ވާރޭވެހުމާއި، ފެންބޮޑުވުމާއި ކަނޑު ގަދަވުންފަދަ މައްސަލަތައް ދިމާވެދާނެކަމަށް ލަފާކޮށްފައިވެއެވެ.  

މިއަދު އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ވަނީ މޫސުން ގޯސްވެގެން ޔެލޯ އެލާޓު ވެސް ނެރެފައެވެ. އޭގެ ތެރެގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީވެސް ހިމެނެއެވެ.

25%
ކަމުގޮސްފި
45%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް