ads
އެލީ ކުރީ މުބާރާތެއްގައި ދިވެހި ދިދަ ހިފައިގެން
ޗެކްރިޕަބްލިކް މުބާރާތުގެ ކުއާޓާއަށް ތުއްތު އެލީ
ޔޮނެކްސް ޗެކް ޔޫތު އިންޓަނޭޝަނަލް، ޕްރާގް 2023 ގެ ކުއާޓާ ފައިނަލުން ދިވެހި ތުއްތު އެތްލީޓް، ކުޅިވަރު ވަޒީރު މަހްލޫފުގެ ދަރިކަނބަލުން ލައިބާ އަހުމަދު މަހްލޫފް (އެލީ) ޖާގަ ހޯދައިފިއެވެ. މި މުބާރާތް ކުރިއަށްދަނީ ޗެކް ރިޕަބްލިކްގައެވެ.

ކުއާޓާ ފައިނަލުން އެލީ ފުރުސަތު ހޯދީ 11 އަހަރުން ދަށުގެ ވިމެންސް ސިންގަލް އިވެންޓުންނެވެ. ގުރޫޕު އޭ ގައި ތިން ކުޅުންތެރިން ހިމެނިފައިވާއިރު، އެލީ ވަނީ ކުޅުނު ދެ މެޗުންވެސް މޮޅުވެފައެވެ.

އެލީގެ ފުރަތަމަ މެޗުގައި ޗެކް ރިޕަބްލިކްގެ އީވާ އާ ބައްދަލުކޮށް މޮޅުވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ދެވަނަ މެޗުގައި އެލީ ކުޅުނީ ޗެކް ރިޕަބްލިކްގެ ލައުރާ އާއެވެ. މި މެޗުވެސް އެލީ ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ޗެކް ރިޕަބްލިކްގައި ކުރިޔަށްދާ މި މުބާރާތުގެ ޑަބަލްސް އަދި މިކްސްޑް ޑަބަލްސްގައިވެސް އެލީ ވަނީ ބައިވެރިވެފައެވެ. އެލީ ވަނީ މީގެކުރިން އިޓަލީގައި ކުރިޔަށް ދިޔަ މުބާރާތަކުންނާ ކްރޮއޭޝިއާގައި އޮތް މުބާރާތަކުން މެޑަލް ހޯދާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް