ads
ގައުމީ ބެޑްމިންޓަން މުބާރާތް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖު ހޯމަ ދުވަހު ފަށަނީ
ލިނިންގް މޯލްޑިވްސް އިންޓަރނޭޝަނަލް ބެޑްމިންޓަން ޗެލެންޖް ހޯމަ ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ.

ހޯމަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހަށް މާލޭގައި އޮންނަ މި މުބާރާތުގައި 33 ގައުމަކުން 303 ކުޅުންތެރިން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ދިވެހި 30 ކުޅުންތެރިން ހިމެނެއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އިންޓަނޭޝަނަލް ޗެލެންޖް މުބާރާތެއް ބޭއްވީ 2011 ވަނަ އަހަރު އެވެ. އޭގެ ފަހުން ދެ އަހަރު ބޭއްވުމަށް ފަހު، 2014 ވަނަ އަހަރު މުބާރާތް މެދު ކެނޑުނެވެ. ދެން ހައެއްކަ އަހަރު ފެހުން، މުބާރާތް ބޭއްވީ 2019 ވަނަ އަހަރުއެވެ. އެ ފަހުން އަނެއްކާ ކޮވިޑަށް މެދު ކެނޑުމަށް ފަހު މިދިޔަ އަހަރު މުބާރާތް އަނެއްކާވެސް ބޭއްވިއެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި 25 ގައުމަކުން 200 އަށްވުރެ ގިނަ ކުޅުންތެރިން ވާދަކުރި އެވެ. އަންނަ އަހަރު އޮލިމްޕިކް ގޭމްސް އޮތުމާ އެކު މި އަހަރުގެ މުބާރާތުގައި ވާދަކުރާ ކުޅުންތެރިންގެ އަދަދު އިތުރުވުމަކީ މޯލްޑިވްސް ޗެލެންޖަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި އެސޯސިއޭޝަނުން ދެކެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް