ads
ދަ ޑިމޮލްރެސްއަށް ފޯމް ފުރުމުގެ ތެރެއިން
ދަ ޑިމޮކްރެޓްސްގެ ފޯމް ލީކުވި މައްސަލަ އީސީން ބަލާނެ ކަމަށް ބުނެފި
ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ތެރެއިން ލީކްވި ކަމަށް އެ ޕާޓީން ބުނާ މައްސަލަ ބަލަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ، ލިސްޓް ލީކްވި ކަމަށް ބުނެ ޑިމޮކްރެޓްސްގެ ފަރާތުން އީސީއަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.

ފުވާދު ވިދާޅުވީ ވަކިއެއްޗެއް ވިދާޅުވެވޭނީ އެމައްސަލަ ބެލުމަށް ފަހުގައި ކަމަށެވެ. އަދި އެކަން ހިނގާފައިވަނީ އެ އޮފީހުންތޯއާއި، އެއޮފީހުން ހިނގާފައިވާ ކަމެއްނަމަ ކާކު ނުވަތަ ކޮން ޑިޕާޓްމެންޓަކުން ހިގާފައިވާ ކަމެއްތޯވެސް ބައްލަވާނެ ކަމަށެވެ.

3500 މެންބަރުންގެ ސޮޔާއެކު ދަ ޑިމޮކްރެޓްސްއިން އީސީއަށް ފޯމްތައް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ދަ ޑިމޮކްރެޓްސް އިން ވަނީ ހުށަހެޅި ލިސްޓުގައިވާ މީހުންނަށް ސަރުކާރުން ބިރުދައްކާފައިވާ ކަމަށް ބުނެފައެވެ. އަދި އިލެކްޝަނުން އެ ލިސްޓް ލީކު ވެފައިވާ ކަމަށްވެސް އެޕާޓީން ތުހުމަތު ކުރެއެވެ.

ފޯމްތައް ލީކުވި މައްސަލަ، ދަ ޑިމޮކްރެޓްސްއިން އިއްޔެ ވަނީ ފުލުހަށް ވެސް ހުށަހަޅާފައެވެ. އަދި އެކަން ކުރާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށްވެސް ފުލުހުންނަށް އެޕާޓީން ވަނީ ގޮވާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް