ads
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ދަނީ: މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ހަރަދުގެ ގޮތުގައި 16.9 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައި - ފޮޓޯ:ރައީސް އޮފީސް
ދައުލަތުން ކުރި ހޭދަ 17 ބިލިއަން ރުފިޔާއަށް
ދައުލަތުން ކުރި ހޭދަ 16.9 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް،

  • ދައުލަތުގެ ހަރަދުގެ ގޮތުގައި 16.9 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައި
  • މިދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަކޮށްފައިވަނީ 13.4 ބިލިއަން ރުފިޔާ
  • މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަކޮށްފައިވާ މިންވަރާ އަޅާބަލާއިރު 26 އިންސައްތައިގެ އިތުރުވުމެއް

މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މެއި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މުސާރަ އާއި އިނާޔަތްތަކާއި ޕެންޝަނަށް 3.9 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އިދާރީ ހިންގުމަށާއި ދުވަހުން ދުވަހަށް ކުރާ ހޭދަތަކަށް 7.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

ކެޕިޓަލް ހަރަދަށް 5.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ލޯނުތައް އަނބުރާ ދެއްކުމަށް 960.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އެ މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.

ޕީއެސްއައިޕީއަށް 4.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވެސް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 12.7 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކޮށްފައިވަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީންނެވެ. މެއި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ޓެކްސްގެ ގޮތުގައި 9.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް