ads
ފޮޓޯ: އޭއެފްޕީ
ބާލީގައި ތިބި ޗައިނާ ފަތުރުވެރިން އެނބުރި ގައުމަށް ދާކަށް ބޭނުމެއް ނޫން!
ބާލީގައި ތިބި ޗައިނާ ފަތުރުވެރިން އެނބުރި ގައުމަށް ދާން ބޭނުންނުވާކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓް ކޮށްފި އެވެ.

ބާލީގައި ތިބި ޗައިނާގެ އެތައް ސަތޭކަ ފަތުރުވެރިން ބޭނުން ވަނީ އެމީހުންގެ ވިޒާ އިތުރުކޮށްގެން އަދިވެސް ބާލީގައި ތިބުމަށެވެ. މިމީހުންގެ ބިރަކީ އެބުރި ގައުމަށް ދިއުމުން ކޮރޯނާގެ ބަލި ޖެހިދާނެތީއާއި ޗައިނާ ސަރުކާރުން ވައިރަސްޖެހޭ މީހުންނާއި ބަލި އުޅޭ ސަރަހައްދުތަކުގެ މީހުންނާ މެދު މުއާމަލާތު ކުތާ ގޮތެވެ. 

ޗައިނާގައި ބަލި ފެތުރުމުން އިންޑޮނޭޝިއާއިން ވަނީ ފެބްރުއަރީ މަހުން ފެށިގެން ޗައިނާއިން އަންނަ ފްލައިޓްތައް ހުއްޓުވާފައެވެ. މީގެ ސަބަބުން ބާލީގެ ފަތުރުވެރިކަމާއި ރެސްޓޯރެންޓްތަކާއި ހޮޓާތަކާއި ޓްރެވެލް އެޖެންސީތަކަށް ވަރަށް ބޮޑަށް އަސަރުކޮށްފައި ވެއެވެ. ޗައިނާގައި ތިން ހާހާއި ކައިރި ކުރާ އަދަދަކަށް މީހުން ވަނީ ކޮރޯނާއިން މަރުވެފައެވެ. އަދި މުޅި ސަރަހައްދުތައް އެއްކޮށް ބަންދުކޮށްފައި ވެއެވެ. ފެކްޓްރީތަކާއި ކުންފުނިތަކާއި ސިނާއީ ސަރަހައްދުތަކާއި ސިޓީތައް ވަނީ އެއްކޮށް ބަންދުކޮށްފައެވެ. ޖުމުލަ ކޮށް ހުރިހައި ސަރަހައްދެއްވެސް ވަނީ އެތަނެއްގައި ދިރިއުޅޭ ބަޔަކު ނިކުމެ އެހެން މީހުނަށް އެތަންތަނަށް ނުވަދެވޭ ގޮތަށް ހިސާރުކޮށްފައެވެ. 

ބާލީގެ ވިޒާ އޮފީސް ކައިރީގައި އެތައް ސަތޭކަ ޗައިނާ މީހުން ކިޔޫ ޖެހިފައެއިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. މިއެންމެން ބޭނުންވަނީ ވިޒާގެ މުއްދަތު އިތުރުކުރާށެވެ. ޗައިނާގައި ހުޅުވާފައިވާ ޔޫރަޕްގެ ކުންފުންޏެއްގެ މެނޭޖަރެއްކަމަށްވާ ސްޓީވް ލީ ސިފަކުރިގޮތުގައި އޭނާއަކީ އިންޓަނޭޝަނަލް ރެފިއުޖީއެކެވެ. 

"ޗައިނާއަކީ ބޮޑު ޖަލެއް. ބޮޑެތި ސިޓީތައް އެއްކޮށް ވަނީ ބަންދުކޮށްފަ" އޭނާ ކިޔައި ދިނެވެ.

އަދި ޗައިނާއިން މި ބަލި ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ބުނާ ވާހަކައަށް އޭނާ އިތުބާރު ނުކުރާ ކަމަށްވެސް ލީ ބުންޏެވެ. ލީ އޭނާގެ އަސްލު ނަމުން އެނގޭކަށް ބޭނުމެއް ނުވެއެވެ. އޭނާ ބުނިގޮތުގައި އޭނާއަކަށް ބާލީގައި ހުރެގެން ފަރުޖެއްސޭނެ ގޮތެއް ނޯންނާނެއެވެ. އެހެންނަމަވެސް އޭނާގެ ދެ ކުދިންނާއި އަންހެނުން ޗައިނާއަށް ގެންދާކަށް އޭނާ ބޭނުމެއް ނޫނެނެވެ. 

އޮސްޓްރޭލިއާ ފަތުރުވެރިންނަށް ފަހު ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ބާލީއަށް އަންނަނީ ޗައިނާއިންނެވެ. ޗައިނާ ފަތުރުވެރިންގެ ފަރާތުން މިލިއަނުން ބާލީ އަށް ޑޮލަރު ވަދެއެވެ. މި ބަލި ފެތުރިގަތް އިރު ޗައިނާގެ އައު އަހަރާ ދިމާކޮށް ގިނަ މީހުން ތިބީ ބާލީއަށް އައިސްފައެވެ. 

ޗައިނާ ސަރުކާރުން ވަނީ ޗައިނާ މީހުން އެތަންމިތަނުން ނަގައިގެން ގައުމަށް ގެންދަން ދަތުރުތައް ބާއްވާފައެވެ. ބާލީގައި ތިބި ފަތުރުވެރިންގެ ތެރޭން ސަރުކާރުގެ އެހީ ހޯދީ މަދުބައެކެވެ. 

ބާލީގައި ވިސާގެ މުއްދަތު އިތުރުކުރަން ގިނަ އަދަދަކަށް މީހުން ކިއުގައި ޖެހުމާ ގުޅިގެން ބާލީގެ ވިސާ އޮފީހުގެ ވެރިޔާ ވިދާޅުވަނީ މިކަމަކުން އޭނާ ހައިރާންވެ ވަޑައިނުގަންނަވާ ކަމުގައެވެ. ޗައިނާ މީހުން އެނބުރިދާން ބޭނުން ނުވާކަމުގައި އޭނާ ވިދާޅުވެއެވެ. 

ބެއިޖިންގެ ރައްޔިތެއްކަމުގައިވާ ޒިލޮންގް ވަންގް ވަނީ އެނބުރި ގައުމަށް ދިއުމަށް ދެކޮޅު ހަދާފައެވެ. އޭނާ ބުނަނީ ސަރުކާރުން ވައިރަސްގެ އަސަރު ކުޑަކުރަން ދައްކާ ވާހަކައަށް އޭނާއަށް ޔަގީންކަމެއް ނެތް ކަމުގައެވެ. އިމިގްރޭޝަން އޮފީސް ބޭރުގައި ހުރެގެން 30 އަހަރުގެ ޒުވާނާ ބުނިގޮތުގައި އޭނާ ބޭނުންވަނީ ބާލީގައި ވާނުވާ ބަލަން ހުންނާށެވެ. އޭނާ ކިޔައިދިން ގޮތުގައި އެހެން ޗައިނާ ފަތުރުވެރިންނަށްވެސް އޭނާ އުޅެނީ ސަމާލުވެގެންނެވެ. އަދި ގިނަ ވަގުތު ހޭދަކުރަނީ ހޮޓަލުގައި ކޮޓަރީގައެވެ. ބައެއް މީހުން ތައްޔާރު ވަމުން ދަނީ އެމީހުންނަށް ވިޒާ ނުލިބިދާނެތީ އެނބުރި ދިއުމަށެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް