ads
ނަބީހާ، މިފަހަރުގެ މުބާރާތުގެ ތެރެއިން. ފޮޓޯ: އަދަދު
ޒަޔާން، ނަބާހާގެ ޕެއާ ގަދަ 16 އަށް
މާލޭގައި މިހާރު ކުރިއަށްދާ ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖުގައި މިއަދު ކުޅުނު މެއިން ޑްރޯގެ ފުރަތަމަ މެޗުން މޮޅުވެ، ރާއްޖޭގެ ހުސެއިން ޒަޔާން ޝަހީދު ޒަކީއާއި ފާތިމަތު ނަބާހާގެ ޕެއާ، ގަދަ 16 ބުރުން ފުރުސަތު ހޯދައިފިއެވެ.

މިއަދު ކުޅުނު ގަދަ 32ގެ މެޗުގައި ޒަޔާނާއި ނަބާހާގެ ޕެއާއިން މެލޭޝިއާގެ ތަން ކިއެން ވެއިއާއި ތަން ޝެން ތިންގެ ޕެއާއާ މެޗު ކާމިޔާބުކުރީ 2-1 ސެޓުންނެވެ. 

ޒަޔާންއާއި ނަބާހާގެ ޕެއާ، ގަދަ 16 ބުރުގެ މެޗުގައި މާދަމާ ނުކުންނާނީ އިންޑިއާގެ ދީޕް ރަމްބިއާއާއި އަނާގާ އަރަވިންދާ ޕައިއާ ދެކޮޅަށެވެ.

ޒަޔާނާއި ނަބާހާއަކީ ރާއްޖޭގެވެސް މިކްސް ޑަބަލްސް ޗެމްޕިއަން ޕެއާއެވެ.

މިފަހަރުގެ މުބާރާތުގައި 33 ގައުމަކުން 303 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ. މުބާރާތް ކުރިއަށް ދާނީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް