ads
ސަގާފީގޮތުން ދެގައުމު ގުޅުން ބަދަހިކުރަން ވަނީ ނިންމާފައިބ
ލަންކާގައި ރާއްޖޭގެ ސަގާފީ މަރުކަޒެއް ގާއިމްކުރަނީ
އަވަށްޓެރި ސްރީލަންކާގައި ދިވެހިރާއްޖޭގެ ސަގާފީ މަރުކަޒެއް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ދެ ގައުމުގެ ދެމެދުގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހިމެނޭހެން މިހާރު ސްރީލަންކާއަށް އަށް ރާއްޖޭގެ މަތީފެންވަރުގެ ވަފުދެއް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނެވެ.

ރާއްޖޭގެ މަތީފަންތީގެ ވަފުދެއް މިހާރު ގެންދަވަނީ ސްރީލަންކާގައި ކުރިއަށްދާ ދިވެހިރާއްޖެއާއި ސްރީލަންކާ ޖޮއިންޓް ކޮމިޝަން ހަތަރު ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައި ގަންނަވަމުންނެވެ.

ރާއްޖޭގެ ސަގާފީ މަރުކަޒެއް ސްރީލަންކާގައި ގާއިމުކުރުމުގެ އިތުރުން ސަގާފީ ދާއިރާއިން ދެ ގައުމުގެ ދޭތެރޭ އެއްބާރުލުން އިތުރުކުރުކުރުމުގެ އެއްބަސްވުމެއްގައިވެސް ދެ ގައުމުން ވަނީ ސޮއިކޮށްފައެވެ.

އަދި ސިއްހީ ދާއިރާއިން ރާއްޖެއާއި ސްރީލަންކާ އާއި ދެމެދު އެއްބާރުލުން އިތުރުކުރުމުގެ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައި ވެއެވެ.

ސްރީލަންކާއަކީ ރާއްޖެ ފިޔަވައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން ގެންދާ ގައުމެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް