ads
ކުޅުދުއްފުށި ކައުންސިލް އެއްކޮށް ދަ ޑިމޮކްރެޓްސްއަށްވަނީ ސޮއި ކޮށްފަ
އަހަރެމެން އެމްޑީޕީ ދޫކޮށްލީ ރަށާއި ރައްޔިތުންނަށްޓަކައި: ކުޅުދުއްފުށީ ކައުންސިލް
ކުޅުދުއްފުށީ ކައުންސިލްގެ ހުރިހާ މެންބަރުން އެމްޑީޕީ ދޫކޮށްލީ ރަށާއި ރައްޔިތުންނަށްޓަކައިކަމަށް އެ ސިޓީގެ ކައުންސިލް މެންބަރުން ވިދާޅުވެއްޖެއެވެ.

ސީއެންއެމްއާ މިއަދު ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ ސިޓީ ކައުންސިލް މެންބަރު އަހްމަދު އަބދުﷲ ވިދާޅުވީ ވަރަށް ގިނަފަހަރު ކުޅުދުއްފުށީގެ އެކި ޕްރޮޖެކްޓްތައް ލަސްވަމުންދާ ވާހަކަ ސަރުކާރަށް ހުށަހަޅާފައިވާނެ ކަމަށާއި، އެހެންނަމަވެސް ސަރުކާރުން އެކަންކަމަށް ސަމާލުކަން ނުދެއްވައި އެހެން ދިމަދިމާލަށް ކަންކަން ކުރައްވަމުންގެދަވާ ކަމަށެވެ. 

އަޅުގަނޑުމެންނަކީ މިސަރުކާރުން ސަމާލުކަން ދެއްވަންޖެހޭ ސިޓީއެއް. އަޅުގަނޑުމެން މިވާހަކަ ދައްކަދައްކާ ތިބޭއިރު އެހެން ހިސާބުތަކަށް ބަޖެޓު ނުކޮށް ހުންނަ ކަންކަން ވެސް ކުރައްވަމުން ގެންދަވަނީ - އަހުމަދު އަބްދުﷲ

ކުޅުދުއްފުށީ ސިޓީ ކައުންސިލް 7 ގޮނޑިއާއި، ރައްޔިތުންގެ މަޖިލީހުގެ 2 ގޮނޑިވެސް ދާދިފަހަކާ ޖެހެންދެންވެސް ނިސްބަތްވަނީ އެމްޑީޕީއަށެވެ. އެހެންނަމަވެސް ދަ ޑިމޮކްރެޓްސް އުފެދުމާ ގުޅިގެން ކައުންސިލްގެ ހުރިހާ މެންބަރުން ވަނީ އެޕާޓީއަށް ސޮއިކޮށްފައެވެ. 

ކުރިއަށް ނުދާ މަސައްކަތްތައް ފާހަގަ ކުރައްވަމުން އަހުމަދު ވިދާޅުވީ އެރަށުގެ މަގުތައް ހެދުމިުގެ މަސައްކަތާ، ބަނދަރުިގެ މަސައްކަތާއި، އެއާޕޯޓުގެ ލައިޓްތައް ޖެހުމުގެ މަސައްކަތްވެސް އެކަށީގެންވާ ގޮތަށް ކުރިއަށް ނުދާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް