ads
ސިޓީ ކައުންސިލް މުވައްޒަފުން ކުނި ނަގަނީ
ކުނީގެ މައްސަލާގައި މާލޭ ސިޓީ ކައުންސިލް ޖޫރިމަނާކޮށްފި
މާލޭ ސިޓީ ކައުންސިލުން ގަވާއިދާ ހިލާފަށް ކުނި މެނޭޖުކުރުމުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މާލެ ސިޓީ ކައުންސިލް ޖޫރިމަނާ ކޮށްފިއެވެ.

އީޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ސިޓީ ކައުންސިލް ޖޫރިމަނާކުރީ މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމަށް (ތައިސޭކޮށި) ކައުންސިލުން ގިނަ އަދަދަކަށް ކުނިއެޅި މައްސަލައެއްގައި ކަމަށެވެ. 

މާލޭ މަގުތަކުން ނަގާކުނި މާލެ ސިޓީ ކައުންސިލުން އެސަރަހައްދަށް އަޅަނީ ކުނި މެނޭޖު ކުރުމާބެހޭ ގަވާއިދާ ހިލާފަށް ކަމަށްވެސް އީޕީއޭގެ ބަޔާނުގައި ވެއެވެ.

އެހެން ކަމުން މިމައްސަލާގައި އީޕީއޭއިން މާލޭ ސިޓީ ކައުންސިލް ޖޫރިމަނާ ކުރީ 45،500 ރުފިޔާއިންނެވެ. އަދި ބަންދު ދުވަސްތައް ހިމަނައިގެން އެފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށްވެސް އީޕީއޭއިން ސިޓީ ކައުންސިލަށް ވަނީ އަންގާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް