ads
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ--
އިތުރު ދެ ކޯހާއި އެކު ދެވަނަޓާމްގެ ކޯސްތަކަށް ގައުމީ ޔުނިވާސިޓީން އިއުލާންކޮށްފި
2023 ވަނަ އަހަރުގެ ދެވަނަ ޓާމްގެ ކޯސްތަކަށް ގައުމީ ޔުނިވާސިޓީން އިއުލާން ކޮށްފިއެވެ.

ޤައުމީ ޔުނިވާސިޓީން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ ދެވަނަ ޓާމްގެ ކިޔެވުން އޯގަސްޓްމަހުގައި ފެށޭއިރު އެ ޔުނިވާސިޓީން އިތުރު ދެ ކޯހެއް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ. މުޅިންއަލަށް އެ ޔުނިވާސިޓިގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަކީ ބެޗްލަރ އޮފް ނަރސިންގ (އޮޕްޝަން ސީ)، ބެޗްލަރ އޮފް ޓީޗިންގ ސެކަންޑަރީ ( ކެމިސްޓްރީ އެންޑް މެތަމެޓިކްސް ) އަދި ބެޗްލަރ އޮފް ޓީޗިންގ ސެކަންޑަރީ ( މެތަމެޓިކްސް ) އެވެ. 

މިހުރިހާ ކޯހެއްވެސް ކުރިއަށް ދާނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ މާލޭގެ ކެމްޕަހުގައެވެ. އަދި މިކޯސްތަކަށް އެދި 08 ޖޫން 2023 ވާ ބުރާސްފަތި ދުވަހު ހެނދުނު 8:00 އިން ފެށިގެން 25 ޖުލައި 2023 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ނިޔަލަށް އޮންނާނެ ކަމަށް އެ ޔުނިވާސިޓީން މައުލޫމާތުދެއްވިއެވެ. 

 ކޯސްތަކަށް އަދި 2023 ވަނަ އަހަރު 2 ވަނަ ޓާމުގައި ފެށުމަށް ހަމަޖެހިފައިވާ އެހެނިހެން ކޯސްތަކުގެ މަޢުލޫމާތު  courses.mnu.edu.mv/ އިން ލިބެން ހުންނާނެ ކަމަށާއި ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް  portal.mnu.edu.mv ގައިވާ ޕޯރޓަލް މެދުވެރިކޮށް ކަމުގައި އެ ޔުނިވާސިޓީން ބުނެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް