ads
ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް މައްކާގައި
ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް މައްކާއަށް ގޮސް ފުރަތަމަ އުމްރާ ކޮށްފި
މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުންގެ ފުރަތަމަ ގްރޫޕް މައްކާއަށް ގޮސް މިއަދު ފުރަތަމަ އުމްރާ އަދާކޮށްފި އެވެ.

ސައުދީ އެއާލައިންސް އިން އިއްޔެ މައްކާއަށް ފުރާފައިވަނީ ސަރުކާރުގެ ހައްޖު ކުންފުނި ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ މީހުންގެ ފުރަތަމަ ގުރޫޕެވެ. އެއީ 294 މީހުންނެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ އެކުންފުނީގެ ހަވާލުގައި ހައްޖަށްދާ މީހުންގެ ފުރަތަމަ ގްރޫޕް މައްކާއަށް ގޮސްފައިވާކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި ފުރަތަމަ ގުރޫޕްގެ މީހުން މިހާރު އުމްރާއެއްވެސް ކޮށްފައިވާކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް ގެންދިއުމަށް ލިބިފައިވަނީ 1000 ކޯޓާއެވެ.

އިއްޔެއިން ފެށިގެން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ދިވެހި ހައްޖާޖީން ރާއްޖެއިން ފުރަމުން ގެންދާނެއެވެ. މިއަހަރުގެ ހައްޖު ދުވަސް ދިމަވަނީ ޖޫމް މަހުގެ 28 ވަނަ ދުވަހާއެވެ.

ސަރުކާރުގެ ހައްޖު ކުންފުނި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އިތުރުން އަމިއްލަ ތިން ޖަމާއަތަކުންވެސް މިއަހަރު މީހުން ހައްޖަށް ގެންދިއުމަށް ހުއްދަދީ ކޯޓާ ދޫކޮށްފައި ވެއެވެ.

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ހައްޖާޖީންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ، ނައިބު ރައީސް ފައިސަލް ނަސީމް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ހަމަޖައްސަވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް