ads
އެމްއެންޔޫގެ 'ފަހި ދުވަސް' އަންނަ ހޮނިހިރު ދުވަހުގެ ހަވީރު އާޓިފިޝިއަލް ބީޗުގައި ބޭއްވުމަށް ވަނީ ނިންމާފައި - ފޮޓޯ:އެމްއެންޔޫ
އެމްއެންޔޫގެ 'ފަހި ދުވަސް' އަންނަ ހޮނިހިރު ދުވަހުގެ ހަވީރު އާޓިފިޝިއަލް ބީޗުގައި
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ 'ފަހި ދުވަސް' އަންނަ ހޮނިހިރު ދުވަހުގެ ހަވީރު އާޓިފިޝިއަލް ބީޗުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ޔުނިވާސިޓީން ބުނެފިއެވެ.

މި އިވެންޓް ކުރިއަށް ދާނީ އެ ޔުނިވާސިޓީގެ ހުރިހާ ފެކަލްޓީ/ސެންޓަރުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދެވޭ ގޮތަށް ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 10:00 އަށް ކަމަށް އެމްއެންޔޫއިން ބުނެއެވެ.

އެމްއެންޔޫއިން ބުނީ މި އިވެންޓުގެ ތެރޭގައި އޭލެވެލް އާއި އެހެނިހެން ނަތީޖާ ލިބިފައިވާ ދަރިވަރުންނަށް އެ ޔުނިވާސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށް ފޯމު ބަލައިގަތުން ކުރިއަށް ދާނެ ކަމަށެވެ.

އެމްއެންޔޫއަކީ ފަންނީ ގާބިލް ލެކްޗަރުންނާ އެކު ތަފާތު އެތައް ދާއިރާތަކުން ތައުލީމާއި ތަމްރީން ޕްރޮގްރާމުތަކެއް ހިންގަމުންދާ ޔުނިވާސިޓީއެކެވެ.

އެ ޔުނިވާސިޓީގެ ފަންނީ ދާއިރާތަކުގެ ލެކްޗަރުން، އެ ބޭފުޅުންގެ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ މައުލޫމާތާއި މަތީ ތައުލީމު ހާސިލުކުރުމަށް ވާން ޖެހޭ ތައްޔާރީތަކުގެ މައުލޫމާތު އިވެންޓުގައި ބައިވެރިވާ ފަރާތްތަކާ ހިއްސާކުރައްވާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ. އެމްއެންޔޫއިން ބުނެފައިވަނީ މި އިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތަފާތު އެކިއެކި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާ އެކުގައި ކަމަށެވެ.

your imageއިވެންޓް ކުރިއަށް ދާނީ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 10:00 އަށް - ފޮޓޯ:އެމްއެންޔޫ

ފަހި ދުވަހުގައި މައުލޫމާތު ފޯރުކޮށްދެވޭ ދާއިރާތަކުގެ ތެރޭގައި ބަހާއި އިންސާނީ އިލްމުތަކުގެ ދާއިރާ، ތައުލީމީ ދާއިރާ، އިންޖިނީއަރިން ދާއިރާ، ސިއްހީ ދާއިރާ، ފަތުރުވެރިކަމާއި މެހެމާންދާރީގެ ދާއިރާ، ދީނީ އިލްމުގެ ދާއިރާ، ސައިންސްގެ ދާއިރާ، ޝަރީއަތާއި ގާނޫނުގެ ދާއިރާ، ވިޔަފާރީގެ ދާއިރާ، ނިޔެމިކަމުގެ ދާއިރާގެ އިތުރުން ފައުންޑޭޝަން ކޯސްތަކުގެ ދާއިރާ ހިމެނޭ ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.

އެމްއެންޔޫއިން ބުނި ގޮތުގައި އެ ޔުނިވާސިޓީގެ ކޯސްތަކުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑި އަންނަ މަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް ހަމަވާނެ ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް