ads
އާދަމް ޝަރީފް މިރޭ ފުލުހުންގެ ވެހިކަލުގައި
މުޒާހަރާގެ ތެރެއިން މެމްބަރު އާދަމް ޝަރީފް ހައްޔަރުކޮށްފި
ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިރޭ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ހައްޔަރުކޮށްފި އެވެ.

ޕީޕީއެމުން ބުނީ މިރޭގެ މުޒާހަރާއާ ފުލުހުން ކުރިމަތިލީ ހަރުކަށިކަމާއި އެކުގައިކަމަށާއި މިރޭގެ މުޒާހަރާގައި ފުލުހުން އަމަލުކުރިގޮތް ކުށްވެރިކުރާ ކަމަށެވެ.

ޕީއެންސީގެ ނައިބު ރައީސްގެ މަގާމުގައިވެސް ހުންނެވި އާދަމް ޝަރީފްގެ އިތުރުންވެސް ބައެއް މީހުން ހައްޔަރުކޮށްފައިވާކަމަށް ޕީޕީއެމުން ބުނެއެވެ.

މިރޭގެ އެއްވުމުގެ ތެރެއަށް އަނިޔާވެރިކޮށް ފުލުހުން ވަދެގަތުމުގެ އިތުރުން ޕެޕާ ސްޕްރޭ ޖެހީވެސް އެއްވެސް އިންޒާރެއް ނުދީކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް