ads
ސުކޫލް ޓީޗަރުން: ފޮޓޯ| މިހާރު
"މީމިސް"އަށް މައުލޫމާތު ނުލެވޭތާ ދެ ހަފްތާ، ޓީޗަރުންނަށް ދަތިތަކެއް
ރާއްޖޭގެ އެންމެހާ ދަރިވަރުންގެ މައުލޫމާތު އަޕްލޯޑްކޮށް ބެލެހެއްޓުމަށް ހަދާފައިވާ ޕްލެޓްފޯމް "މީމިސް" އަށް މައުލޫމާތު ނުލެވޭތާ ދެހަފްތާއެއްހާ ދުވަސް ވެއްޖެ ކަމަށް ބައެއް ޓީޗަރުން ބުނެފިއެވެ.

"މީމިސް" އަކީ ދަރިވަރުންގެ އެންމެހާ މަުލޫމާތު އެއްކޮށް ބެލެހެއްޓުމަށް ހަދާފައިވާ ޕޯޓަލްއެކެވެ. މި ޕްލެޓްފޯމަށް މައުލޫމާތު އަޕްލޯޑް ކުރުމަކީ ޓީޗަރުން ކުރަން ޖެހޭ ކަމެކެވެ. 

ސީއެންއެމްއާ ވާހަކަ ދެއްކި ބައެއް ޓީޗަރުން ބުނީ ދަރިވަރުންގެ މައުލޫމާތު ތައް އަޕްލޯޑް ކުރުމަށް މަސައްކަތް ކުރާތާ ދެހަފްތާ ވީއިރުވެސް އަދިވެސް މައުލޫމާތުތައް އެއަށް ލެވޭ ގޮތް ނުވާ ކަމަށެވެ. 

މިކަމާ ގުޅޭ ގޮތުން އެޑިއުކޭޝނަން މިނިސްޓްރީން ފޯނަށް ޖަވާބު ނުދެއްވާތީ އެ މިނިސްޓްރީގެ ބަހެއް ލިބޭ ގޮތް ނުވެއެވެ. 

ސްކޫލެއްގެ ޕްރިންސިޕަލަކު ވިދާޅުވީ މީމިސްއަށް ކޮންމެއަހަރަކުވެސް ރިޕޯޓްކާޑުތައް ހަދައި އަޕްލޯޑު ކުރާއިރު ޑައުން ވުމުގެ މައްސަލަ ދިމާވާކަމަށެވެ.

އޭނާ ވިދާޅުވީ އެ މައްސަލައަކީ ރާއްޖޭގެ ހުރިހާ ސްކޫލްތަކަކުން އެއްފަހަރާ މައުލޫމާތު ތައް "މީމިސް' އަށް އަޕްލޯޑް ކުރުމަށް މަސައްކަތް ކުރުމުން ދިމާވާ މައްސަލައެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް