ads
މޭސަން މައުންޓް
އަގު ކުޑަވުމުން، މައުންޓް ހޯދަން ޔުނައިޓެޑުން ކުރި ބިޑް ރިޖެކްޓްކޮށްފި
ޗެލްސީއަށް ކުޅެމުން އަންނަ މޭސަން މައުންޓް ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން ކުރި ބިޑް، ޗެލްސީން ވަގުތުން ރިޖެކްޓް ކޮށްފިއެވެ.

ޗެލްސީން ޔުނައިޓެޑްގެ ބިޑް ވަގުތުން ރިޖެކްޓް ކުރީ، މައުންޓް ހޯދުމަށް ބިޑްކުރި އަގު ކުޑަވުމުންނެވެ. ޔުނައިޓެޑުން ރަސްމީކޮށް ބިޑްކުރީ 40 މިލިއަން ޕައުންޑަށެވެ. ނަމަވެސް ޗެލްސީން އޭނާ ދޫކުރާނީ އެންމެ ކުޑަވެގެން 70 މިލިއަން ޕައުންޑަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. 

ޔުނައިޓެޑްގެ ފުރަތަމަ ބިޑް ރިޖެކްޓް ކުރި ނަމަވެސް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އައު ބިޑެއް ހުށަހެޅުމަށް އެކްލަބުން އަންނަނީ ތައްޔާރު ވަމުންނެވެ. މައުންޓަކީ ޔުނައިޓެޑުން އެންމެ އިސްކަމެއް ދީގެން ހޯދަން މަސައްކަތް ކުރާ އެއް ކުޅުންތެރިޔާއެވެ. 

އަނެއްކޮޅުން ޗެލްސީން އަންނަނީ މައުންޓާއެކު އައު އެއްބަސްވުމެއް އެކުލަވާލުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް މައުންޓް ހުރީ އައު އެއްބަސްވުމެއް އެކުލަވާލާ ގޮތަކަށް ނޫނެވެ. އަދި ޗެލްސީން އެއްބަސްވާނަމަ އޭނާ ހުރީ ޔުނައިޓެޑަށް ބަދަލުވާން ތައްޔާރަށް ކަމަށްވެސް ބޭރުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވެއެވެ. 

ޗެލްސީއާއެކު މައުންޓް މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އޭނާ ވަނީ 2017 ވަނަ އަހަރު ޗެލްސީއާ ގުޅުނުފަހުން އެޓީމަށް 129 މެޗު ކުޅެދީ، 27 ލަނޑު ޖަހައިދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް