ads
ކައި ހަވާޓްޒް
ހަވާޓްޒް ހޯދުމުގެ މަސައްކަތް އާސެނަލްއިން ފަށައިފި
ޗެލްސީއަށް ކުޅެމުން އަންނަ ކައި ހަވާޓްޒް ހޯދުމުގެ މަސައްކަތް އާސެނަލްއިން ފަށައިފިއެވެ.

އާސެނަލްއިން މިހާރު ވަނީ ހަވާޓްޒް ހޯދުމަށް ޗެލްސީއާއެކު މަޝްވަރާ ކުރަން ފަށާފައެވެ. ޗެލްސީންއޭނާ ދޫކުރަން ހުށަހެޅީ 75 މިލިއަން ޕައުންޑްގެ އަގެކެވެ. ނަމަވެސް މި އަގު ބަދަލުވުން އެކަށީގެންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން 70 މިލިއަން ޕައުންޑަށް ޗެލްސީން ހަވާޓްޒް ދޫކޮށްލަފާނެކަމަށްވެސް ބޭރުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވެއެވެ. 

ޗެލްސީގައި ގިނަ ދުވަސްތަކެއް ހޭދަކުރި ހަވާޓްޒް ހުރީ އާސެނަލްއަށް ބަދަލުވެ އައު ތަޖުރިބާއެއް ކުރަން ތައްޔާރަށެވެ. އޭނާ ވަނީ 2020 ވަނަ އަހަރު ޗެލްސީއަށް ބަދަލުވިފަހުން އެޓީމަށް 91 މެޗު ކުޅެދީ 19 ލަނޑު ޖަހައިދީފައެވެ. 

މީގެ ކުރިން ރެއާލް މެޑްރިޑުންވެސް ވަނީ ހަވާޓްޒް ހޯދުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެޓީމު، ހަވާޓްޒް ހޯދުމުގެ ރޭހުން ވަކިވީ ޗެލްސީން ހުށަހަޅާ އަގު ބޮޑު ވުމުންނެވެ. ރެއާލްއިން ހަވާޓްޒް ހޯދުމަށް 50 މިލިއަން ޕައުންޑްވެސް ހަރަދު ނުކުރާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް