ads
އެޗްއާރުސީއެމްގެ ރައީސް މަރިޔަމް މުނާ-
ޔާމީން މައްސަލާގައި އަމަލު ކުރާނީ ބަލަންޖެހޭ ބެލުންތައް ބެލުމަށް ފަހު: އެޗްއާރުސީއެމް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޝަރީއަތް ކޯޓުގައި ހިނގަމުންދާއިރު، މެދުނުކެނޑި ގިނައިރުތަކެއްވާ މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަނުން އަމަލު ކުރާނީ ބަލަންޖެހޭ ބެލުންތަކާއި ، ހޯދަންޖެހޭ މައުލޫމާތު ހޯދުމަށްފަހު ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

އެޗްއާރުސީއެމްގެ ރައީސް މަރިޔަމް މުނާ ސީއެންއެމްއަށް ވިދާޅުވީ އެ ކޮމިޝަނުން އެމައްސަލަ މިހާރު މޮނިޓަ ކުރަމުން ގެންދާ ކަމަށާއި، ބަޔާނެއް ނެރެންޖެހޭ ކަމެއް ވެއްޖެއްޔާ ބަޔާން ނެރޭނެ ކަމަށާއި ނުވަތަ ކަމާ ގުޅޭ އިދާރާއަކަށް ލަފައެއް ދޭންޖެހޭ ކަމެއް ވެއްޖެއްޔާ ލަފާ ދެއްވާނެ ކަމަށެވެ.

"އަޅުގަނޑުމެން ބަލާނީ ދައުލަތުގެ މުއައްސަސާ އަކުން އަމަލު ކުރި ގޮތުން ހައްގެއް ގެއްލިފައިވޭތޯ. އެކުރި ގޮތެއް ބަލައިގެންތާ އަޅުގަނޑުމެންނަށް އެއްޗެއް ދެންނެވޭނީ ދެއްތޯ. މިހާރު ރައީސް ޔާމީންގެ ކޭސްގަ އަޅުގަނޑުމެންގެ ވެސް ވަރަށް ބޮޑު ކޮންސާންއެއް މިސާލަކަށް 13 ގަޑިއިރާ 8 މިނިޓް އެޓްއަ ސްޓްރެޗް ގެންދެވިއޭ އެބޭފުޅުން ވިދާޅުވަނީ . އެކަމު އެކަން ހިނގާ ދިޔަ ގޮތް ބަލާފަ ދެއްތޯ ހިއުމަންރައިޓްސް ކޮމިޝަނަށް އެއްޗެކޭ ބުނެވޭނީ - މުނާ

މި މައްސަލާގައި އެޗްއާރްސީއެމްގެ މެންބަރުން ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕާ މިއަދު ވަނީ ބައްދަލުކޮށްފަ އެވެ. އަދި އެއަށް ފަހު އިދިކޮޅުން ބުނެފައި ވަނީ އެ ކޮމިޝަން އޮތީ ސަރުކާރުގެ ނުފޫޒުގެ ދަށުގައި ކަމަށެވެ. އަދި މެންބަރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. 

އެހެންނަމަވެސް ކޮމިޝަނުން ބުނީ އެފަދަ ވާހަކައެއް ބައްދަލު ވުމުގައި ޕީޕީއެމުން ދައްކާފައި ނުވާ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާ ދެކޮޅަށް މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ރ. ފުއްގިރި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް މެދުނުކެނޑި މާދިގުކޮށް ގެންދާ މައްސަލާގައި އެޗްއާރްސީމްއަށް އިދިކޮޅުން އިއްޔެވެސް ވަނީ ގޮސްފަ އެވެ.

މުނާ ވިދާޅުވީ އިއްޔެ އެބޭފުޅުންގެ އިންތިޒާރުގައި 11:30 ފެށިގެން އިންނެވި ކަމަށެވެ. އަދި ވިދާޅުވީ މުހިއްމު ބައްދަލުވުމެއް ކެންސަލް ކުރައްވާފައި އެބޭފުޅުންނަށް ވަގުތު ދެއްވި ކަމަށެވެ. އެއަށްފަހު 13:00ގައި ބައްދަލު ވުމެއް އަދި 13:30 ގައި އެހެން ބައްދަލުވުމަކަށް ވަޑައިގަންނަވަން ޖެހުނު ކަމަށެވެ.

އިއްޔެގެ މެންދުރު 12:45 ގައި އެޗްއާރްސީއެމް އަށް ދިޔަގޮތަށް ރޭގަނޑު 8:30އާ ހަމަޔަށް އެތަނުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ ލީޑަޝިޕް ބޭފުޅުން ތިއްބެވި އެވެ.

ޕީޕީއެމުން ބުނީ އެޗްއާރްސީއެމްއިން ކަންކުރިގޮތުން އެގެނީ ހުރިހާ މުއައްސަސާތަކެއް މިތިބީ ތަޅު އަޅުވާފައިކަމަށެވެ. އެޕާޓީން ބުނީ އެކޮމިޝަނާމެދު އިތުބާރެއް ނެތް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް