ads
އެމްޓީސީސީން ފާހަގަކުރި ގޮތުގައި ހައްޖުވެރިންނާއި އެ ފަރާތްތަކުގެ އާއިލާތައް ވީއައިއޭއަށް ގެންގޮސްދީފައިވަނީ ރައްޔިތުންގެ ކުންފުނީގެ ގޮތުން އެ ކުންފުނިން ދިން ހިދުމަތެއްގެ ގޮތުގައި ކަމަށް - ފޮޓޯ:އެމްޓީސީސީ
1،211 ހައްޖުވެރިންނާއި އާއިލާތަކަށް ރައްޔިތުންގެ ކުންފުނީގެ ބަހުގެ ހިދުމަތް
މި އަހަރު ރާއްޖޭން ހައްޖަށް ދާ ފަރާތްތަކަށް އެހީތެެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހައްޖުވެރިންނާއި އެ ފަރާތްތަކުގެ އާއިލާތަކަށް ހާއްސަކޮށްގެން ރައްޔިތުންގެ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބޭއްވި ދަތުރުތަކުގައި 1،211 ފަރާތެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ގެންގޮސްދީފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޓީސީސީން ބުނި ގޮތުގައި ރާއްޖޭން ހައްޖަށް ދާ މީހުންނާއި އެ މީހުންގެ އާއިލާތައް އެއާޕޯޓަށް ގެންގޮސްދިނުމުގެ ގޮތުން އެ ކުންފުނިން ޖުމްލަ 19 ބަސް ދަތުރުކޮށްފައިވާ ކަމުގައެވެ.

އެގޮތުން މާލޭގެ ދެ ރޫޓަކުން 10 ދަތުރާއި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިންނާއި ދެވަނަ ފިޔަވަހިން ނުވަ ދަތުރު ވީއައިއޭއަށް ކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ ހައްޖުވެރިންގެ އެއާޕޯޓަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދެވުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ. އެމްޓީސީސީން ފާހަގަކުރި ގޮތުގައި މިއީ ރައްޔިތުންގެ ކުންފުނީގެ ގޮތުގައި އެ ކުންފުނިން ދީފައިވާ ހިދުމަތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް