ads
މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ބައެއް މައްކާގައި
ހައްޖުވެރިންގެ ފަހު ގްރޫޕް މާދަމާ ފުރާނެ
މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުންގެ ފަހު ގްރޫޕް މާދަމާ ފުރާނެއެވެ. މިއަހަރުގެ ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް ފުރާފައިވަނީ މިމަހުގެ 12 ވަނަ ދުވަހު އެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް ގެންދިއުމަށް ލިބިފައިވަނީ 1000 ކޯޓާއެވެ.

މިމަހުގެ 12 ވަނަ ފެށިގެން މިމަހުގެ މާދަމާގެ ނިޔަލަށް ދިވެހި ހައްޖާޖީން ރާއްޖެއިން ފުރަމުން ގެންދާނެއެވެ. މިއަހަރުގެ ހައްޖު ދުވަސް ދިމަވަނީ ޖޫން މަހުގެ 27 ވަނަ ދުވަހާއެވެ.

ސަރުކާރުގެ ހައްޖު ކުންފުނި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އިތުރުން އަމިއްލަ ތިން ޖަމާއަތަކުންވެސް މިއަހަރު މީހުން ހައްޖަށް ގެންދިއުމަށް ހުއްދަދީ ކޯޓާ ދޫކޮށްފައި ވެއެވެ.

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ހައްޖާޖީންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ، ނައިބު ރައީސް ފައިސަލް ނަސީމް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ހަމަޖައްސަވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް