ads
އިމިގްރޭޝްން އޮފިސަރެއް ޕާސްޕޯޓްތަކެއް ބަލަނީ
މިމަހުގެ 25 އިން 29 އަށް ޕާސްޕޯޓާއި ވިސާގެ ހިދުމަތް ނުލިބޭނެ: އިމިގްރޭޝަން
ބޮޑުއީދު ބަންދާއި ދިމާކޮށް ދިވެހި ޕާސްޕޯޓާއި ވިސާގެ ހިދުމަތް ނުލިބޭނެ ދުވަސްތައް މޯލްޑިވްސް އިމިގްރޭޝަނުން އިއުލާނުކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ އީދު ބަންދާއި ގުޅުވައިގެން މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ދިވެހި ޕާސްޕޯޓާއި ވިސާގެ ހިދުމަތް ނުދޭނެ ކަމަށެވެ.

ނަމަވެސް މެޑިކަލް އިމަޖެންސީފަދަ ކަންކަމުގައި ބޭނުންވާ އެހީތެރިކަމާއި ދޭންޖެހޭ ހިދުމަތްތައް މި ދުވަސްތަކުގައިވެސް ދެވޭނެކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މިއަހަރުގެ ބޮޑު އީދު ދިމާވަނީ ސްކޫލްތަކުގެ ވެސް ބޮޑު ބަންދާކަމުން ގިނަ ބަޔަކު ރާއްޖެއިން ބޭރަށްވެސް ދަތުރު ކުރުމަށް ދަނީ ތައްޔާރު ވަމުންނެވެ. އަދި ބަންދާއި ދިމާކޮށް ޕާސްޕޯޓް ހައްދާ މިންވަރުވެސް ވަނީ އިތުރު ވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް