ބީއެމްއެލްއިން ފޯލޫޕްއާއި ގުޅިގެން 16 ދުވަހުގެ މުއްދަކަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލި 24 ދަރިވަރުންނަށް ވަނީ މިއަދު ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.
އަންހެން ކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި ބައިވެރިވެފައިވަނީ 12 އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިންނެވެ.
މި ޕްރޮގްރާމުގައި ވިޝުއަލް ބްލޮކްސް ބޭނުންކޮށްގެން ގޭމް ޑިވެލޮޕްކުރުމާއި ޕައިތަން ބޭނުންކޮށްގެން އެޕް ޑިވެލޮޕްކުރުމުގެ އިތުރުން ބްލޫޓޫތް ކޮންޓްރޯލް ރޮބޮޓް ހެދުން ފަދަ ކަންކަން ދަސްކޮށް ދީފައިވެ އެވެ.
ފޯލޫޕްއަކީ 2017 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ކޯޑިންއާއި އިންޖިނިއަރިން ކޯސްތައް ކުރިއަށް ގެންދާ ފަރާތެކެވެ.
ފޯލޫޕްއިން ވަނީ މީގެ ކުރިން އާރްކްއާއި ޔޫއެންޑީޕީއާއި ސްކައުޓްއާއި ގުޅިގެންވެސް ކޯޑިން ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.