ads
އިމިގްރޭޝަން މޯލްޑިވްސް
ޗުއްޓީއާއި ދިމާކޮށް ރިކޯޑު އަދަދަކަށް ޕާސްޕޯޓު ހަދައިފި
މި އަހަރުގެ ބޮޑު ބަންދާ ދިމާކޮށް މި މަހުގެ މިހާތަނަށް 6،000 އަށް ވުރެ ގިނަ މީހުން ޕާސްޕޯޓު ހައްދައިފި ކަމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އިން ބުނެފި އެވެ.

މި މަހުގެ މިހާތަނަށް އެކަނި ވެސް 6،000 ޕާސްޕޯޓް ދޫކުރަން ޖެހުމަކީ އެވްރެޖްކޮށް ޕާސްޕޯޓް ހައްދާ ވަރަށް ވުރެން އެތައް ގުނައެއް އިތުރު އަދަދެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން އާންމުކޮށް ކޮންމެ ދުވަހަކު ހަދަނީ 200 ޕާސްޕޯޓެވެ. 

ނަމަވެސް އިއްޔެ އެކަނި 653 ޕާސްޕޯޓް ދޫކޮށްފައިވާ ކަމަށާއި މިދިޔަ ހަފުތާ 2،450 ޕާސްޕޯޓް ދޫކުރި ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. 

މިދިޔަ އަހަރު ބޮޑު ޗުއްޓީގައި ވެސް ޕާސްޕޯޓު ހިދުމަތަށް ބާރު ބޮޑުވެ ދުވާލެއްގެ މައްޗަށް 800 ވަރަކަށް ޕާސްޕޯޓް ހަދަން ހުށަހެޅި އެވެ.

އީދު ބަންދާއި ދިމާކޮށް މޯލޑިވިއަނުން އަންނަނީ އިތުރަށް ފްލައިޓްތައް ބާއްވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް