ads
މޭސަން މައުންޓް
މައުންޓް ހޯދަން ޔުނައިޓެޑުން ކުރި ތިންވަނަ ބިޑްވެސް ޗެލްސީން ރިޖެކްޓްކޮށްފި
ޗެލްސީއަށް ކުޅެމުން އަންނަ މޭސަން މައުންޓް ހޯދަން މެންޗެސްޓާ ޔުނައިޓެޑުން ކުރި ތިންވަނަ ބިޑްވެސް ޗެލްސީން ރިޖެކްޓް ކޮށްފިއެވެ.

ޔުނައިޓެޑުން ތިންވަނަ ފަހަރަށް ބިޑް ކުރީ 55 މިލިއަން ޕައުންޑުގެ އަގަކަށް މައުންޓް ހޯދުމަށެވެ. އަދި މި ބިޑް ރިޖެކްޓް ކޮށްފިނަމަ މައުންޓް ހޯދަން އިތުރަށް މަޝްވަރާ ނުކުރާނެ ކަމުގެ އިންޒާރުވެސް ޔުނައިޓެޑުން ވަނީ ޗެލްސީއަށް ދީފައެވެ. 

އިންޒާރާއެކުވެސް ޔުނައިޓެޑްގެ ބިޑް ރިޖެކްޓް ކޮށްފައިވާއިރު، ރިޕޯތުތައް ބުނާ ގޮތުން ޗެލްސީން އޭނާ ދޫކުރާނީ 58 މިލިއަން ޕައުންޑުގެ އަގަކަށް 7 މިލިއަން ޕައުންޑްގެ އެޑްއޮންސް ވެސް ހިމެނޭ ގޮތަށެވެ. މައުންޓް ހޯދުމަށް އެންމެ ފުރަތަމަ ޔުނައިޓެޑުން ބިޑްކުރީ 40 މިލިއަން ޕައުންޑެވެ. އަދި އެޓީމުން ދެވަނަ ފަހަރަށް މައުންޓް ހޯދަން މަސައްކަތް ކުރީ 50 މިލިއަން ޕައުންޑަށެވެ. 

ޔުނައިޓެޑުން ގަބޫލުކުރާ ގޮތުގައި މައުންޓް ހޯދަން އެހާ ބޮޑު ހަރަދެއް ކުރުމަކީ ބޭކާރު ކަމެކެވެ. ޗެލްސީއާއެކު މައުންޓް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވަން ބާކީ އޮތީ އެންމެ އަހަރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް