ads
މި އަހަރުގެ ބޮޑު އީދު ފާހަގަކުރުމުގެ ގޮތުން ތޮއްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ތޮއްޑޫ އީދު މާމަޖާ 1444 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކުރުން - ފޮޓޯ:ދިރާގު
'ތޮއްޑޫ އީދު މާމަޖާ 1444' ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
މި އަހަރުގެ ބޮޑު އީދު ފާހަގަކުރުމުގެ ގޮތުން އއ. ތޮއްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ 'ތޮއްޑޫ އީދު މާމަޖާ 1444' ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އިން ސޮއިކޮށްފިއެވެ.

ދިރާގުން ބުނީ ތޮއްޑޫ ރަށު ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި އީދު ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 އިން 29 ނިޔަލަށް ކަމަށެވެ.

މި އީދު ކުޅިވަރުގައި އީދު ހެނދުނު ސައި، މަސް ރޭސް، ބޮޑު މަސް، މާލި، ފެންކުޅި އަދި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ބުނެފައިވަނީ މި އީދު ފެސްޓިވަލުގައި ހަވާއެރުވުމުގެ އިތުރުން ނަން މަޝްހޫރު ދިވެހި ފަންނާނުންނާ އެކު އީދު ޝޯއެއް ބޭއްވުމަށް ރޭވިފައިވާ ކަމަށެވެ.

ދިރާގުން ބުނި ގޮތުގައި މުޖުތަމައުގެ އެކި ފަރާތްތައް ބާރުވެރިކުރުވުމަކީ އެ ކުންފުނީގެ ސީއެސްއާރު ޕްރޮގްރާމުގެ މައިގަނޑު އެއް އަސާސް ކަމުގައެވެ. އެގޮތުން އެ ކުންފުނިން ދަނީ މިފަދަ ތަފާތު ސަގާފީ އަދި އިޖުތިމާއީ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމަށް އެއްބާރުލުން ދެމުން ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިކޮށް، ޒުވާނުން ބައިވެރިކުރުވާފަދަ މިކަހަލަ ތަފާތު ހަރަކާތްތަކަށް އެހީތެރިވެ އެއްބާރުލުން ދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް