ads
ހައްވާ މޫސާ.......
ނޭވާ ހޮޅީގައި ޓިއުމަރެއް ފުރާނަޔަށް ނުރައްކާ، ރާއްޖޭން ބޭރަށް ދެވޭނެ ހާލަތެއް ނެތިފައި!
"ސީއެންއެމް އެހީގެ ސެގްމެންޓް" ދަށުން އެހީގެ އާޓިކަލް އެއް ލިޔެދިނުމަށް ރ. އުގޫފާރު ގުލްދަސްތާގޭ ހައްވާ މޫސާ އަށް ގޫޅާލުމުން، އޭނާގެ ބޭނުންވީ ބަލީގެ ހާލަތު ކިޔައިދޭށެވެ. ނަމަވެސް ކުރަކިވެފައިވާ އޭނާގެ އަޑުން އެވާހަކަ ދައްކަން އެހާ ފަސޭހައެއ ނުވިއެވެ.
Advertisement

ނަމަވެސް އެހީތެރި ކަމަށް ބޭނުންވެފައިވާ ހައްވަ، އުނދަގުލުން ވާހަކަ ދައްކަމުން ބުނީ ވަރަށް ކުރިން ފެށިގެންވެސް ކަރަށް ދަތުވާ ކަމަށާއި، އޭރު ތަދުވުމުން ޑޮކްޓަރަށް ދައްކާ ބޭސް ބޭނުން ކުރުމުން ދަތު އެއްކޮށް ފިލާ ކަމަށެވެ. ނަމަވެސް ދުވަސްކޮޅެއް ކޮށްލާފައި އަނެއްކާވެސް ދަތުވާ ކަމަށާއި، އެކަމުގެ ސަބަބުން ނޭވާލާން އުނދަގޫވެ ވަރަށް ބޮޑަށް ބަލިވާން ފެށި ކަމަށެވެ.

"އާދަޔާ ހިލާފަށް ކެއްސާނެ. ނޭވާލާން އުދަނގޫ. އުގޫފާރު ހޮސްޕީޓަލަށް އެތައްފަހަރަކު ދެއްކީ. ނަމަވެސް އަސްލުވީ ކީއްކަމެއް އެމީހުންނަކަށް ވެސް ނޭނގޭ" ހައްވަ

ކަރަށް ދަތުވެ ނޭވާ ލާން އުނދަގޫވެ ކެއްސަން ފެށުމުން ކޮންމެ ފަހަރަކުވެސް ދައްކަނީ އުނގޫފާރު ހޮސްޕިޓަލަށް ކަމަށާއި، ނަމަވެސް ބަލި އެއްކޮށް ރަނގަޅު ނުވާކަމަށެވެ. އަދި ބަލި ދެނެނުގަނެވޭ ކަމަށް ވެސް ހައްވަ ބުންޏެވެ. 

ކުދިން ކުޑަ އިރުއްސުރެ އެކަމެއްވީ. އަބަދުވެސް ތަދުވޭ ބޭސް ކެއިމަ ރަނގަޅުވޭ. އެކަމަކު ފަހުން ކަރު ދުޅަވާންފެށީ. އުގޫފާރު ހޮސްޕިޓަކުން ބުނީ މާލެ ދިއުމަށް. ނަމަވެސް އެވަރުގެ ފުދުން ތެރިކަމެއް ނެތުމުން މާލެ ދެވުނީވެސް ވަރަށް ދުވަހުން. އޭރު ކަރު ދުޅަވެ އެއްކޮށް ބޭރަށް ނުކުމެފަ ވަނީ. ހައްވަ

your imageހައްވަގެ ބަލީގެ ހާލަތު އަންގައިދޭ ލިއުމެއް......

ހައްވަގެ ހަ ކުދިން ތިބެއެވެ. ހަައްވަ ބުނީ އެކުދިން ކުޑައިރު ކުދިންގެ ބައްޕަ މަރުވުމުން އުޅެން ޖެހުނީ ވަރަށް ދަތިހާލުގައި ކަމަށާއި، އޭރުއްސުރެ މި ކަމެއް ދިމާވާން ފަށައިފި ކަމަށެވެ. ހައްވަ ހަނދާން ވާ ގޮތުން ވަރަށް ކުރިން ފެށިގެންވެސް ވާ ކަމެއްކަމަށް ހައްވަ ބުންޏެވެ. ބޭހެއް ބޭނުން ކޮށްލީމަ ހުރާލާފަ ރަނގަޅުވާތީ އަޅާ ނުލާ ދޫކޮށް ލެވުނީ ކަމަށެވެ. އަދި ފައިސާގެ ދަތިކަމާހުރެ މާލެ ވެސް ނުދެވި ލަސްތަކެއްވި ކަމަށެ.

ހައްވަގެ ބަލީގެ ހާލަތު އިތުރަށް ތަފްސީލް ކޮށްދެމުން ހައްވަގެ ދަރިއެއް ކަމަށްވާ ފާތިމަތު އަލީ ބުނީ މަންމަގެ ނޭވާ ހޮޅީގައި އުފެދިފައިވާ ޓިއުމަރެއްގެ ސަބަބުން ފުރާނަޔަށް ނުރައްކާވާނެ ކަމަށް ޑޮކްޓަރުންވަނީ ވިދާޅުވެފައި ކަމަށެވެ. މަންމަ އަބަދުވެސް ބަލި ކަމަށާއި، މާލެ ނުދެވިފައި ތިއްބާ މީހެއްގެ އެހީތެރި ކަމާއިއެކު، މާލެ ދެވުނީ 2016 ގައި ކަމަށެވެ. އެފަހަރު މާލެ އައިސް އައިޖީއެމްއެޗް އަށް ދެއްކުމުން އެނގުނީ މަންމަގެ ކަރުގައި ހުރީ ތައިރޮއިޑް ބޭރަށް ދުޅަވެފައި ކަމަށެވެ.

އެހާ ހިސާބުން އައިޖީއެމްއެޗްގެ ލާފާގެ މަތިން ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަ ކަމަށާއި، އެގޮތުން އިންޑިޔާ އަށް ގޮސް ދެއްކުމުން އެގުނީ ކެންސަރު ބަލި ކަރަށް ހުރީ ޖެހިފައި ކަމަށެވެ. އޭގެ ފަަހުން ކޮންމެ ތިންމަހަކުން ހަމަހަކުން މަންމަ ގޮވައިގެން އިންޑިޔާ އަށް ދާން ޖެހޭ ކަމަށާއި، ކޮންމެ ފަހަރަކުވެސް ދަނީ މީހުންގެ އެހީތެރި ކަމާއި އެކުގައި ކަމަށެވެ.

ކޮވިޑްގެ ލޮކްޑައުންގަ ބޭރަށް ނުދެވި ހޭދަވި ދުވަސްތަކުގައި މަންމަގެ ބަލި ބޮޑުވި ކަމަށާއި، ނަމަވެސް އޭގެ އަހަރެއްފަހުން އިންޑިޔާ އަށް ވެސް މަންމަ ގޮވައިގެން ދިޔައީ މީހުންގެ އަތުން ފަހުންދޭ ގޮތަށާއި އެކި ގޮތްގޮތަށް ފައިސާ ހޯދައިގެން ކަމަށްވެސް ފާތުމަތު ބުންޏެވެ. މިހާރު މަންމަގެ ފުއްޕާމޭގައި ވެސް ވަނީ ޓިއުމަރުގެ ބައިތަކެއް އުފެދިފައި ކަމަށާއި، ނަމަވެސް ނޭވާ ހޮޅިތެރޭގައި އުފެދިފައިވާ ޓިއުމަރުގެ ސަބަބުން ނޭވާ ލުމަށް އުނދަގޫވާތީ މަންމަ ގެ ފުރާނަ ސަލާމަތް ކުރެވެން އޮތީ ޓިއުމަރު ނަގައިގެން ކަމަށްވާތީ ވީހާވެސް އަވަހަކަަށް އެކަން ކުރަން ކުރަން ވަނީ ޖެހިފައި ކަމަށްވެސް ފާތުމަތު ބުންޏެވެ.

your imageހައްވަގެ ބަލީގެ ހާލަތު އަންގައިދޭ ލިއުމެއް......

ނަމަވެސް އެމީހުން ތިބީ ދަރަނިވެރިވެފައި ކަމަށާއި، މަންމަ ގޮވައިގެން އިންޑިޔާގައި ތިބުމަށްފަހު ރާއްޖެ އައިތާ މާގިނަ ދުވެއް ނުވާކަމަށެވެ. އެހެންކަމުން އަތުގައި އެއްވެސް އެއްޗެއް ނެތް ކަމަށް ފާތުމަތު ބުންޏެވެ. ހައްވަ އާއި ހައްވަގެ އާއިލާ އިން އެދެނީ ދީލަތި އެހީތެރި ކަމެކެވެ.

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ. 

ގުޅޭނެ ނަމްބަރު: ފާތުމަތު އަލީ: 9101264

އެކައުންޓް ނަމްބަރު:  ބީއެމްއެލް ދިވެހި: 7730000206707 ( ފާތުމަތު އަލީ)

އެކައުންޓް ނަމްބަރު:  ބީއެމްއެލް ޑޮލަރު: 7730000534976  (ފާތުމަތު އަލީ)

20%
ކަމުގޮސްފި
3%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް