ads
އިސްލާމިކް މިނިސްޓަރު އަދި ނައިބު ރައީސް
ސަލާމަތީ ސަބަބުތަކަކާ ހެދި ނައިބު ރައީސް އަށް ހަޖުވެރިންނާ ބައްދަލުނުކުރެއްވުނު
ސަލާމަތީ ސަބަބުތަކަކާ ހެދި ނައިބު ރައީސް ފައިސަލް ނަސީމް އަށް ހަޖުވެރިންނާ ބައްދަލުނުކުރެއްވުނު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ހާމަކުރައްވައިފިއެވެ.

މިނިސްޓަރު ޒާހިރު ވިދާޅުވީ މި ދުވަސްވަރު ސައުދީގެ ސަލާމަތީ ކަންތައްތައް ހުރިގޮތުން ދަތިތަކަކާ ނައިބުރައީސް އާއި ކުރިމަތިލައްވަންޖެހުނު ނަމަވެސް، ހައްޖުވެރިންނާއި ނައިބު ރައީސް ބައްދަލުކުރެވޭނެގޮތެއް އޮތްތޯ ބަލަމުން އަންނަކަމަށެވެ. 

"ނަމަވެސް މިހާތަނަށް އަދި އަލިމަގެއް އެކަމުގައި ނުފެނޭ،" -އިސްލާމިކް މިނިސްޓަރު-

ހައްޖުވެރިންނާއި ސީދާ ބައްދަލުކުރެއްވުމުގެ ފުރުސަތު ނައިބު ރައީސްއަށް ލިބިވަޑައިނުގެންނެވި ނަމަވެސް، ހައްޖުވެރިންގެ ކަންކަން އެމަނިކުފާނު އަންނީ ވަރަށް ގާތުން ބައްލަވަމުންނެވެ. 

އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގެންނެވި ނައިބުރައީސް ރާއްޖެއިން މައްކާއަށް ވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެމަނިކުފާނު ވަނީ ހައްޖުގެ ކަންކަން ބެއްލެވުމުގައި އިސްކޮށް ހަރަކާތްތެރިވާ ގުރޫޕުތަކުގެ އިތުރުން، ސައުދީގައި ތިބި ދިވެހި ދަރިވަރުންނާ ވެސް ބައްދަލުކުރައްވާފައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް