ads
ރައީސް ޞޯލިހު: ފޮޓޯ: ރައީސް އޮފީސް
ހަސަދަވެރިކަމާއި އަދާވާތްތެރިކަން ނުބޭއްވުމަށް ރައީސް ސާލިހު އެދިވަޑައިގެންފި
ކުޑަނަމަވެސް ހަސަދަވެރިކަމާއި އަދާވާތްތެރިކަމެއް ނުބޭއްވުމަށް އަޒުމު ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ.

އަލްހާ އީދުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް މިއަދު ވިދާޅުވީ، އީދުގައި އުފާ ފާޅުކުރާއިރު މައިންބަފައިންނާ ބައްދަލުކޮށް، އިހްތިރާމާއި އޯގާތެރިކަމާއެކު އީދުގެ ތަހުނިޔާ ކިޔައި ގުޅުން ބަދަހިކުރުމަށް އެދޭކަމަށެވެ.

"އަނބިދަރިންނަށް ހަދިޔާ ދީ ލޯތްބާއި ކުލުނާއެކު އީދުގެ އުފާ ފާޅުކުރުމަށް އެދެން. ގާތްތިމާގެ މީހުންނަށާއި ރައްޓެހި ރަހްމަތްތެރިންނަށް ޒިޔާރަތްކޮށް، ހިތްހެޔޮކަމާއި އެކުވެރިކަމާއެކު އީދުގެ ތަހުނިޔާ ބަދަލުކޮށް އުފާވެރި ހިނިތުންވުމަކާއެކު ކޮންމެ މީހަކާވެސް ބައްދަލުކޮށް، މުޖުތަމައުގައި ހިތްހަމަޖެހުމާއި އަމާންކަން ފެތުރުމަށް މަސައްކަތްކުރުމަށް ބާރުއަޅުއްވާ،" ރައީސް މިއަދު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ފަގީރުންނާއި މިސްކީނުނަށް އެހީތެރިވުމަށާއި، ފޯރުންތެރިކަމުގެ އަހުލުވެރިން އިސްނަގައި، ނިކަމެތިންނަށް އެހީތެރިވުމަށްވެސް ގޮވާލައްވާފަ އެވެ.
ރައީސް ސާލިހު ރުޅިވެރިކަމާއި އަނިޔާވެރިކަމުން ދުރުހެލިވެ ރަހްމަތްތެރިކަމާއި އޯގާތެރިކަމާއެކު، އެންމެން ގުޅިގެން ދިރިއުޅުމުގެ ހިތްހަމަޖެހުން ހޯދުމަށް އެދިވަޑައިގަންނަވަމުންނެ

"މިއަދުގެ މުނާސަބަތުގައި ހުރިހާ ރައްޔިތުންވެސް ހިތްތަކުގައި ކުޑަނަމަވެސް ހަސަދަވެރިކަމާއި އަދާވާތްތެރިކަމެއް ނުބޭއްވުމަށް އަޒުމު ކަނޑައަޅައި އެގޮތުގައި ދެމިހުރުމުގެ މަސައްކަތް ފެށުމަށްވެސް ދަންނަވަން،" ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޮޑު އީދު ފާހަގަކުރާއިރު އެންމެ މަތިވެރި މަގުސަދަކީ އެކަކު އަނެކަކަށް މައާފްކޮށް ހިތްހެޔޮކުރުން ކަމަށެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް