ads
ބޮޑު އީދު ފާހަގަކުރުމަށް ދިރާގުން ކުރިއަށް ގެންދިޔަ އީދު ބޮނޑިބަތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައި - ފޮޓޯ:ދިރާގު
ދިރާގު އީދު ބޮނޑިބަތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ބޮޑު ތަރުހީބެއް
މި އަހަރުގެ ބޮޑު އީދު ފާހަގަކުރުމުގެ ގޮތުން މިއަދު ދިރާގުން ކުރިއަށް ގެންދިޔަ ދިރާގު އީދު ބޮނޑިބަތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ދިރާގުން ބުނީ އީދު ނަމާދަށް ފަހު 'ދިރާގު އީދު ބޮނޑިބަތް' ހަރަކާތް މުޅި ރާއްޖޭގެ އެކި އަތޮޅުތަކުގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން އެ ކުންފުނިން ވަނީ މާލެ ސަރަހައްދު، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ، ގދ. ތިނަދޫ، ބ. އޭދަފުށި އަދި އދ. ދަނގެތީގައި 'ދިރާގު އީދު ބޮނޑިބަތް' ބަހާފައި ކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ބުނެފައިވަނީ މާލެ ސަރަހައްދުގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ސަލްޓަން ޕާކު ކުރިމަތީގައި މާލެ ސިޓީ ކައުންސިލާ ގުޅިގެން ކަމަށާއި ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޭއްވި ހަރަކާތް ކުރިއަށް ގެންދިޔައީ އާބަންކޯ އާ ގުޅިގެން ކަމަށެވެ. 

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން ވަނީ އެކި ރަށު އަދި ސިޓީ ކައުންސިލްތަކާއި ޒުވާނުންގެ ޖަމިއްޔާތަކާ ގުޅިގެން ތަފާތު އީދު ކުޅިވަރުތަކަށް އެއްބާރުލުންދީފައި ކަމުގައެވެ.

your imageބޮޑު އީދު ފާހަގަކުރުމަށް ދިރާގުން ކުރިއަށް ގެންދިޔަ އީދު ބޮނޑިބަތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައި - ފޮޓޯ:ދިރާގު

"ދިރާގު އީދު ބޯކިބާއަކީ ވޭތުވެދިޔަ އީދުތަކުގައިވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ ހަރަކާތެއް. އެގޮތުން މިފަހަރުގެ އީދު ބޮނޑިބަތް ހަރަކާތަށްވެސް މި ލިބުނު ހޫނު ތަރުހީބަށް އަޅުގަނޑުމެން ވަރަށް އުފާކުރަން. ދިރާގުން އަބަދުވެސް ބަލަނީ މިކަހަލަ މުނާސަބު ދުވަސްތަކުގައި ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އެއްބައިވަންތަކަމުގެ ސަގާފަތް ދިރުވާ އާލާކުރާ މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް،" - ދިރާގުގެ އެސިސްޓެންޓް މެނޭޖަ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އާންމުންނަށް ތަފާތު ގިނަ އިޖުތިމާއީ ހަރަކާތްތައް ގެނެސްދީ އެ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ މުއްސަނދިކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް