ads
ރައީސްގެ ދެކަނބަލުން މިއަދު ތޮއްޑޫގައި
އީދަށް ރައީސްގެ ދެކަނބަލުން ތޮއްޑޫއަށް
އަލްހާ އީދުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން ތޮއްޑޫގައި އީދާ ގުޅިގެން ކުރިއަށްދާ ކަންކަން ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން މިއަދު އއ ތޮއްޑޫއަށް ވަޑައިގަންނަވައިފި އެވެ.

މިއަދު ހެނދުނު ރައީސްގެ ދެ ކަނބަލުން ތޮއޑޫއަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް އެރަށުން ދަންނަވާފައިވާއިރު ރައީސްގެ ދެކަނބަލުން ވަނީ އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން އިނތިޒާމުކުރި މެންދުރުގެ ސަގާފީ ކޭމެއްގައި ބައިވެރިވެވަޑައިގެންފައެވެ.

ރައީސް އޮފީހުން ބުނީ އީދާއި ގުޅިގެން ތޮއްޑޫގައި މިއަދާއި މިރޭ ކުރިއަށްދާ ހަރަކާތްތަކުގައިވެސް ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް ސޯލިހްއާއި އަނބިކަނބަލުން ފަޒްނާ އަހުމަދުގެ އިތުރުން ސަރުކާރުގެ ބައެއް އިސް ވެރިންވެސް މިވަގުތު ތޮއްޑޫގައި ވަޑައިގެން އެބައުޅުއްވައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް