ads
މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ބައެއް މީހުން
ހައްޖުވެރިން އަންނަން ފަށާނީ ޖުލައި ހަތެއް ގައި
ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުން އަންނަ ޖުލައި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އަނބުރާ އަންނަމުން ދާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދިވެހި ހައްޖާޖީން އެނބުރި ރާއްޖެއަށް އަންންނާނީ ޖުލައި ހަތް ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ހައްޖުވެރިން ގޮވައިގެން ޖުމްލަ ހަ ފްލައިޓެއް ރާއްޖެ އަންނާނެ އެވެ.

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް 1000 ކޯޓާ ލިބުނުއިރު، އަމިއްލަ ތިން ޖަމާއަތަކަށް ޖުމްލަ 270 ކޯޓާ ދީފައިވާއިރު ބާކީ ހައްޖުވެރިން ހައްޖަށް ގޮސްފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ. 

ހައްކުވެރިން ރާއްޖެއިން ފުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސިގޮތަށް ހައްޖުވެރިން ރާއްޖެ އަންނަ އިރުވެސް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް