ads
ފޮޓޯ އެމްއެންޑީއެފް
ސަމާލުވާން އެންގީ ރާއްޖެއަށް އެކަންޏެއް ނޫން: އިނގިރޭސި ސަފީރު
ޓެރަރިޒަމް ހަމަލައެއް ދީފާނެ ކަމަށް ލަފާކޮށް ސަމާލުވުމަށް އެދި ޓްރެވަލް އެޑްވައިޒަރީ ނެރުނީ ރާއްޖެއަށް އަމާޒުކޮށް ނޫން ކަމަށް އިނގިރޭސިވިލާތުން، ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު ކެރޯން ރޮސްލާ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައިވާއިރު، މި ޓްރެވަލް އެޑްވައިޒަރީ އާއި ގުޅިގެން އެސްވެސް އެއްޗެއް އަންގާފައި ނުވާކަމަށް އެމްއެންޑީއެފުން ވެސް މިއަދު ވަނީ ބުނެފައެވެ. 

އިނގިރޭސި ވިލާތުގެ ސަފީރު މިހެން ވިދާޅުވި ނަމަވެސް، އެމެރިކާއިން ވެސް ވަނީ ޓްރެވަލް އެޑްވައިޒަރީއެއް ނެރި ރާއްޖޭގެ ހާލަތަކީ "ރީނދޫ" ކަމަށް ހަނދާންކޮށްދީފައެވެ. 

ޓެރަރިސްޓު ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދިވެހިރާއްޖެ ބޭސްއެއްގެ ގޮތުގައި ބޭނުންކޮށްގެން އިންޑިއާ އާއި ސިރީ ލަންކާ ފަދަ އަވަށްޓެރި ގައުމުތަކަށް ހަމަލާތަކެއް ދީފާނެކަމަށް ރިޕޯޓަކުން ދާދިފަހުން ވަނީ ހާމަވެފައެވެ. 

އެމެރިކާގެ އިންސްޓިޓިއު އޮފް ޕީސް (ޔޫއެސްއައިޕީ) އިން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވަނީ "އަފްގާނިސްތާނާއި ދެކުނު އޭޝިއާގައި އިސްލާމިކް ސްޓޭޓްގެ ނުރައްކާ ބޮޑުވަމުން އަންނަ،" ކަމަށެވެ. 

އަފްގާނިސްތާނުގައި އިސްލާމިކް ސްޓޭޓް (އައިއެސް) އިން ކުރިމަތިވަމުންދާ ނުރައްކަލާއި، ރާއްޖެ ހިމެނޭ ގޮތަށް ދެކުނު އޭޝިއާގެ އެހެން ހިސާބުތަކަށް ފެތުރުމުގެ ފުރުސަތު އޮތް ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވެއެވެ. 

މިހާރުވެސް ރާއްޖޭގައި އައިއެސްގެ ހާއްޔެއް ގާއިމްކޮށްފައިވާއިރު، ރާއްޖޭގެ ބަލިކަށި ސަލާމަތީ ބާރުތަކާއި ހުޅުވާލެވިފައިވާ ބޯޑަރުތަކުގެ ސަބަބުން އައިއެސް އިތުރަށް ވަރުގަދަވުމަށް ފަސޭހަވެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް