ads
މިނިސްޓަރު އަބްދުﷲ ޝާހިދު
އީދު ދުވަހާ ދިމާކޮށް ޤުރުއާން އެންދި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
އަލްހާ އީދު ދުވަހާ ދިމާކޮށް، ސްވެޑެންގައި ކީރިތި ޤުރުއާން އެންދި މައްސަލަ، ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ސަލްވާން މޮމިކާ ނަމަކަށް ކިޔާ މީހަކު ސްވިޑްންގައި ކީރިތި ގުރުއާން އަންދާފައިވާ ކަމަށެވެ

"ދިވެހި ސަރުކާރުން އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އޭނާ ޤުރުއާން އަންދާފައި ވަނީ މުސްލިމުންގެ މުޤައްދަސް މުނާސަބަތެއް ކަމަށްވާ އަޟްޙާ ޢީދު ދުވަހާ ދިމާކޮށް ކަމަށް ވާތީ، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން،"

މިއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި، އަދި މިއީ މުސްލިމުންގެ ދީނީ އިޙުސާސްތަކަށް ކުޑައިމީސްކުރުން ކަމަށް ފޮރިން މިނިސްޓްރީން ވަނީ ސިފަކޮށްފައެވެ.

"މި އަމަލަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ހިންގި ކަމެއް ކަމަށް ބުނެ ފަރުޖައްސައިނުލެވޭނެ،"

އިސްލާމް ދީނަށް ފުރައްސާރަކޮށް ހިންގާ މިފަދަ އަމަލުތަކަކީ ސަރުކާރުން އެއްވެސް ސިފައެއްގައި ތަހައްމަލްކުރާނެ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް