ads
ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް މައްކާގައި
ގެއްލިގެން ހޯދަމުން ދިޔަ ހައްޖާޖީ ނިޔާވެއްޖެ: އިސްލާމިކް މިނިސްޓްރީ
އަލް ޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހަވާލުގައި މި އަހަރު ދިވެހިރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖުވެރިޔަކު ކަމުގައިވާ ރ. މާކުރަތު، މަލަ، މުޙައްމަދު ނަސީމް ޢަލީ (72) ނިޔާވެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން އޭނާ ނިޔާވީ ކިހިނެއް ކަމެއް ހާމަކޮށްފައެއް ނުުވެއެވެ. އަދި އޭނާ ފެނުނީ ކޮންއިރަކު ކަމެއް ވެސް އަދި ހާމައެއް ނުކުރެއެވެ.

"މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވުންއެދި ދުޢާ ދަންނަވަން،" އިސްލާމިކް މިނިސްޓްރީން މިއަދު ބުންޏެވެ. 

މަރުޙޫމު މުހައްމަދު ނަސީމު ޢަލީ ވަނީ ހައްޖު މަހުގެ 8 ވަނަ ދުވަހުގެރޭ މިނާ ޓެންޓުން ނިކުންނެވި ފަހުން ވީނުވީއެއް ނޭނގި ގެއްލިފައިކަމަށް ވެސް އިސްލާމިކް މިނިސްޓްރީ ބުނެއެވެ. 

އޭނާ ހޯދުމުގެ މަސައްކަތް ދިވެހި ހައްޖު މިޝަނާއި، ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އާއި، އަލްޙަރަމައިން ކުންފުނިން ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ދިޔައީ މަސައްކަތް ކުރަމުންނެވެ.

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް