ads
ހަސަން މަމްދޫހު (މަންޑޭ)
ކޭޕާކް މައްސަލަ: މަންޑޭގެ ޕާސްޕޯޓް ދޫކޮށްލައިފި
ހުޅުމާލޭގައި ހަދަމުން އަންނަ ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތަކާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގައި ރާއްޖެ އިން ބޭރަށް ނުދެވޭ ގޮތަށް ޕާސްޕޯޓް ހިފަހައްޓާފައިވާ ހަސަން މަމްދޫހް (މަންޑޭ)ގެ ޕާސްޕޯޓު ދޫކޮށްލައިފި އެވެ.

ހަންބޯ މޯލްޑިވްސް ކުންފުނި ބޭނުންކޮށްގެން ދިވެހި ހިއްސާދާރު މަމްދޫހު، ކޭ ޕާކްގެ ފްލެޓްތައް މަކަރާއި ހީލަތުން ނުއަގުގައި ވިއްކި ކަމަށް ބުނާ މައްސަލައެއް ފެންމަތިވުމާ ގުޅިގެން މަމްދޫހް ރާއްޖެ އިން ބޭރަށް ނުދެވޭ ގޮތަށް ޕާސްޕޯޓް ހިފެހެއްޓީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.

ކޭ ޕާކް އިމާރާތް ކުރަމުންދާ ހަންބޯ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ ޝިއުން ޖިން ވަނީ މަމްދޫހްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ފުލުހުންނަށް މައްސަލަ ހުށަހަޅައިފައެވެ.

ކްރިމިނަލް ކޯޓުން ބުނި ގޮތުގައި ޕާސްޕޯޓް ދޫކޮށްލީ ޒަރޫރީ ބޭނުމެއްގައި ދަތުރު ކުރުމަށްޓަކައި ކަމަށާއި އަދި 45 ދުވަސް ތެރޭގައި ދަތުރު ނިންމުމަށްފަހު ކޯޓަށް އަންގަން މަމްދޫހަށް ޝަރުތުކޮށްފައިވާ ކަމަށެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް