މި މަހު އިރާއި ދުނިޔެ ދުރުވި ނަމަވެސް، ދުނިޔޭއަށް އިރުން ފޯރުކޮށްދޭ ހޫނުކަމަށް މާބޮޑު ބަދަލެއް ނާންނާކަމަށް ސައިންސުވެރިން ބުނެއެވެ. ނަމަވެސް އިރުގެ ހޫނު ދުނިޔެއަށް ލިމޭ މިންވަރު މި ދުވަސްވަރު މަދުވާނީ އެންމެ 2.3 ފެރަންހީޓެވެ. މިހެންކަމުން މިއީ ފިނީގެ އަސަރު އިންސާނުންނަށް ކުރާނެ މިންވަރަށްވުރެ މާ ދަށް އަދަދެކެވެ.
ދުނިޔެއާ އިރު ދުރުވި ނަމަވެސް މުޅި ދުނިޔެއަށް ވެސް އެންމެ ހޫނު އެއް މަހަކީ ޖުލައި:
ދުނިޔެއާއި އެންމެ ދުރުއުތުރު ހެމިސްފިއާގައި ވެސް އެންމެ ހޫނު މަހަކީ މި ޖުލައިމަހެވެ.
ޖުލައި މަހު ދުނިޔޭގެ އުތުރު ތަނޑި އިރާ ދިމާއަށް ތިރިވެފައި ހުރުމުން ދެކުނު ހެމިސްފިއާއަށް ވުރެ ބޮޑަށް ސީދާ އިރުގެ އަލި ލިބެއެވެ. މާނައަކީ އުތުރު ހެމިސްފިއާ އިރާއި އިރު މާ ދުރުގައި ހުރި ނަމަވެސް ހޫނުމިން އިތުރުވާނެކަމެވެ.
ދުނިޔެ އާއި އިރުގެ ދުރުވުމުގެ ސަބަބުން ފިނިހޫނުމިނަށް ކުޑަ އަސަރެއް ކުރި ނަމަވެސް، މާ ބޮޑު އަސަރެއް ނުކުރާނެއެވެ. ހަގީގަތުގައި މުޅި އަހަރު ދުވަހު ދުނިޔެއާއި އިރުގެ ދުރުމިން ގާތްގަނޑަކަށް 3 މިލިއަން މޭލު ތަފާތުވި ނަމަވެސް "ޕެރިހެލިއަން" (އިރުއާ އެންމެ ކައިރި) އާއި "އެފެލިއަން" (އިރުއާ އެންމެ ދުރު) ވަހުތުގެ ފިނިހޫނުމިނުގެ ތަފާތަކީ އެންމެ ގާތްގަނޑަކަށް 2.3 ޑިގްރީ ފަރެންހައިޓްއެވެ.