ads
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދިޔަ ބައެއް މީހުން
ދިވެހި ހައްޖާޖީއަކު ނިޔާވެއްޖެ
މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ދިޔަ އިތުރު ދިވެހި ހައްޖާޖީއަކު ނިޔާވެއްޖެއެވެ.

ދިވެހި ހައްޖު މިޝަނުން މިއަދު ބުނި ގޮތުގައި ނިޔާވެފައި ވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ހަވާލުގައި ހައްޖަށް ދިޔަ ހދ. ކެލާ، ސީސާންގެ، އަލީ ގާސިމް 81، އެވެ.

އޭނާ ނިޔާވެފައި ވަނީ މަދީނާ ހޮޓަލްގައި ހުއްޓާ ހެނދުނުގެ ވަގުތެއްގައި ކަމަށް ހައްޖު މިޝަނުން ބުންޏެވެ.

"މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވައި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ދަންނަވަމެވެ." ހައްޖު މިޝަނުން ފޮނުވި މެސެޖްގައި ބުނެފައިވެއެވެ.

މިއީ މިއަހަރު ނިޔާވި ފަސް ވަނަ ހައްޖާޖީއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް