ads
ހައްޖާޖީން ރާއްޖެއަންނަން ފުރަނީ: ފޮޓޯ އިސްލާމިކް މިނިސްޓްރީ
ހައްޖާޖީން ރާއްޖެ އަންނަން ފުރަން ފަށައިފި
މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހައްޖާޖީން އެނބުރި ރާއްޖެއަންނަން ފުރައިފިއެވެ.

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް 1000 ކޯޓާ ލިބުނުއިރު، އަމިއްލަ ތިން ޖަމާއަތަކަށް ޖުމްލަ 270 ކޯޓާ ދީފައިވާއިރު ބާކީ ހައްޖުވެރިން ހައްޖަށް ގޮސްފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ. 

"ހައްޖުގެ މަތިވެރި އަޅުކަން ނިންމުމަށްފަހު، ދިވެހި ހައްޖުވެރިން ރާއްޖެ އައުމަށްޓަކައި ފުރަތަމަ ގްރޫޕް އެއަރޕޯޓްގައި. އަލް މަނާސިކް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި ޙައްޖަށްދިޔަ މި ގްރޫޕް ފުރާނީ މިރޭ،" އިސްލާމިކް މިނިސްޓްރީން މިއަދު ބުންޏެވެ.

ހައްޖުގެ އަޅުކަން ކުރަން ދިޔަ ފަސް މީހަކު ވަނީ މައްކާގައި ނިޔާވެފައެވެ. އެންމެ ފަހުން މީހަކު ނިޔާވެފައިވަނީ މިއަދު ހެނދުނުއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް